ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 06:28
ހައްޖުވެރިން އަރަފާތު ބިމުގައި
ހައްޖުވެރިން އަރަފާތު ބިމުގައި
ރޮއިޓާސް
ހައްޖުވުމާއި، އުމުރާގެ އަޅުކަން
ހައްޖު ވިސާ އާއި ނުލާ ހައްޖު މޫސުމުގައި ދެން އުމުރާ އާއި ހައްޖުގެ އަޅުކަން އަދައެއް ނުކުރެވޭނެ
 
އެ ގައުމަށް އެއް ފަހަރު ދެވޭ ގޮތަށް ދޫކުރާ ވިސާގެ މުއްދަތަކީ 3 މަސް ދުވަސް
 
ޓުއަރިސްޓް ވިސާގައި ޒިޔާރަތްކުރާ ފަރާތްތަކަށް އެ ގައުމުގައި މަސައްކަތްތަކުގައި ޝާމިލްވެ ނޫޅެވޭނެ

ހައްޖު ވިސާ އާއި ނުލާ ހައްޖު މޫސުމުގައި ދެން އުމުރާ އާއި ހައްޖުގެ އަޅުކަން އަދާނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދި އަރަބިއްޔާ އަށް ޓުއަރިސްޓް ވިސާގައި ޒިޔާރަތްކުރާ ފަރާތްތަކަށް އެ ގައުމުގައި މަސައްކަތްތަކުގައި ޝާމިލްވެ އުޅުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެނެއް ނުދާނެއެވެ. އަދި ހައްޖު މޫސުމުގައި އުމުރާވުމާއި ހައްޖު ވުމުގެ ފުރުސަތު ލިބޭނީ ހައްޖު ވިސާގައި އެ ޤައުމަށް ދާ މީހުންނަށެވެ.

ސައުދީ ނޫހެއްކަމަށްވާ އަލް-ވަތަން އިން ރިޕޯޓްކޮށްފައިވާ ގޮތުން އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަމާލުވާން ޖެހޭ 7 ކަމެއް ވެއެވެ. އެ ގައުމުގެ ވިސާ ރެގިއުލޭޝަންސް ބުނާ ގޮތުން އެ ގައުމަށް އެއް ފަހަރު ދެވޭ ގޮތަށް ދޫކުރާ ވިސާގެ މުއްދަތަކީ 3 މަސް ދުވަހެވެ. އެ ވިސާގެ ދަށުން އެ ގައުމުގައި އުޅެވޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން އެ ގައުމަށް ދެވޭގޮތަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް ދާ މީހުން އެ ގައުމުގައި އެއްފަހަރާ ހޭދަކުރެވޭނީ ގިނަ ވެގެން 3 މަސް ދުވަހެވެ. އެ ވިސާގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. އެ ވިސާގެ އަގަކީ 300 ސައުދީ ރިޔާލްއެވެ.

މީގެ އިތުރުން ވިސާ އާއި އެކު އެ ގައުމަށް އެތެރެވާ ފަރާތްތަކުން އަބަދުވެސް ކާކުކަން އަންގާދޭ ލިޔުންތައް ގެންގުޅެންވާނެ ކަމަށް އާ އުސޫލުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ގައުމަށް ދާ ބެނުން ނޫން އެހެން ބޭނުމަކަށް ވިސާގެ ބޭނުން ނުކުރުމަށާއި، ވިސާގެ މުއްދަތަށް ވުރެ އިތުރަށް އެ ގައުމުގައި މަޑު ނުކުރަން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
20%
0%
0%
0%
80%
ކޮމެންޓް