ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 21:14
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް
ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ

ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިގަޑިތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ކ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 20:30ން ފެށިގެން މެންދަމު 2:30 އާ ހަމައަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިގަޑިތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ލަފާކުރެވޭކަމަށެވެ.

- ކޮމެންޓް