ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 22:48
އަފްޣާނިސްތާންގައި ދިން ހަމަލާއަށް ފަހު
އަފްޣާނިސްތާންގައި ދިން ހަމަލާއަށް ފަހު
އަލްޖަޒީރާ
ައަފްޣާނިސްތާން
ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި
އިތުރު 9 ފުލުސް އޮފިސަރުން ޒަޚަމްވި
އާއްމުންގެ 13 މީހަކުވެސް ވަނީ ޒަޚަމްވެފައި
ހަމަލާ ދިން 7 މީހުންވެސް ވަނީ މަރާލާފައި

އަފްޣާނިސްތާންގެ އިރުމަތީގައި ހުންނަ ފުލުހުންގެ ހެޑް ކުއާޓާޒްއަކަށް ތާލިބާންގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އަފްޣާން ފުލުހުންގެ ފަސް އޮފިސަރަކު މަރާލައިފިއެވެ. އެކަން ވަނީ އެޤައުމުގެ އިންޓީރިއަރ މިނިސްޓަރ ކަށަވަރުކޮށް ދެއްވާފައެވެ.

އަފްޣާންގެ ޕަކީޓިއާ ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ ސަންދަރ ވާލީ ތަބާސިމް ވިދާޅުވީ އާދީއްތަ ދުވަހު ގަރދޭޒް ސިޓީގައި ދިން މި ހަމަލާގައި މަރުވި ފަސް ފުލުސް އޮފިސަރުންގެ އިތުރުން 9 އޮފިސަރުންނާއި 13 އާއްމުން ޒަޚަމްވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަމަލާ ދިން 7 މީހުންވެސް އެތަނުގެ ކޮމްޕައުންޑް ތެރޭގައި މަރާ ލެވިފައިވާ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނީ އެގުރޫޕުން އެހަމަލާގެ ޒިންމާ އުފުލާ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރ ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަމަލާއަކީ ވަރަށް ބޮޑަށް ޓާގެޓް ކުރެވިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވޭ ކަމަށާއި ހަމަލާ އަމާޒުވި ހެޑްކުއާޓަރ އަކީ ބޮޑު ހެޑްކުއަރޓަރއެއް ކަމަށެވެ.

މިހަމަލާ ދިނުމުގައި ފުރަތަމަ އެއިމާރާތުގެ ތެރެއަށް ވަދެ ގަތުމަށް މައި ދޮރުކައިރީގައި ވަނީ ކާރު ބޮމެއް ގޮއްވާލާފައެވެ. ހަމަލާ ދިން މީހުން އެތެރެއަށް ވަދެފައިވަނީ އޭގެ ފަހުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް