ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 07:22
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް
އިންޑިޔާ އައުޓް ހަރަކާތް
އިންޑިޔާ އައުޓް ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ގާނޫނާ ޚިލާފު، އިންޑިޔާ އައުޓް ހަރަކާތް ކުރިއަށްނުގެންދަނީ ގަރާރުގެ ސަބަބުން: ޔާމީން
ޔާމީން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާ ގުޅިގެންކަމަށް
ގާނޫނާ ޚިލާފަށް ރައީސް ގަރާރެއް ނެރުއްވިނަމަވެސް ފުލުހުން އެގަރާރު ތަންފީޒުކުރަމުން ދާނެކަމަށް ޔާމީން ވިދާޅުވި
ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ޔާމީން ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި "އިންޑިޔާ އައުޓް" ހަރަކާތް ނުހުއްޓޭކަމަށާއި، ކުރިން ހިންގިގޮތަށް އެހަރަކާތް ހިންގަން ބޭނުންފުޅުނުވަނީ ހަރަކާތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވާފައިވާ ގަރާރުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، އިންޑިޔާ އައުޓް ހަރަކާތް ރައީސްގެ ގަރާރާއެކު ހުއްޓިގެންދިޔަކަން ފާހަގަވާކަމަށާއި ކުއްލިއަކަށް އެހަރަކާތް ހުއްޓުނީ ކީއްވެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ، ހަރަކާތް ހުއްޓިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާ ގުޅިގެންކަމަށެވެ. އެގަރާރު ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ގާނޫނާ ޚިލާފަށް ރައީސް ގަރާރެއް ނެރުއްވިނަމަވެސް ފުލުހުން އެގަރާރު ތަންފީޒުކުރަމުންދާނެކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން އިސްވެ ހުންނަވައި، މިހަރަކާތަށް ރަށްރަށަށް ވަޑައިގަންނަވާއިރު ގަރާރުގެ ސަބަބުން ހަމަނުޖެހުމަކަށް ދަނީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ދެން އިންޑިޔާ އައުޓް ހަރަކާތުގަ އަޅުގަނޑު އިސްވެހުރެ ރަށްތަކަށް ޒިޔާރަތްކޮށް މިހަދަނީ. މިކަންތަކުގެ ތެރޭގަ އަނެއްކާވެސް ހަމަނުޖެހުމަކަށްދާނީ. އަޅުގަނޑުމެން ދިޔައިމަ ހަމަ ފުލުހުންނަށްވެސް މަޖުބޫރުވާނެ އަޅުގަނޑުމެން ކައިރީގަ ބުނަން، ރައީސްގެ ގަރާރު އޮތީމަ ތި ހަރަކާތެއް ނުުހިންގޭނޭ. ދެން އެކަންވެސް އަޅުގަނޑުމެން ނުހިންގާ އައިމަ ދެން ރަށްރަށުގައި ތިބި އަޅުގަނޑުމެންގެ މީހުންނާ އިދިކޮޅު މީހުންނާ ދެމެދު ރަށްރަށުގެ ތެރޭގައި މަސްލަހަތު ގެއްލޭކަންކަން ހިނގާނެ.
ރައީސް އަބްދުﷲ ޔާމީން

ޔާމީން ތަކުރާރުކޮށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް މިފަދަ ގަރާރެއް ނުނެރުއްވޭނެކަމަށެވެ. އަދި ގަރާރުގެ މައްސަލަ ކޯޓުގައި ދާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެމައްސަލަ ދަނީ ވަރަށް ލަސްކޮށްކަމަށެވެ.

ގަރާރު އޮތްހާހިނދަކު އިންޑިޔާ އައުޓް ހަރަކާތް ކުރިޔަށްނުދާނެތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އެ ހަރަކާތް ކުރިޔަށްދާނެކަމަށެވެ. ނަމަވެސް މިގަރާރު ނެރެފައި އޮތުމުގެ ސަބަބުން އެމަނިކުފާނު ރަށްރަށަށް ދަތުރުކުރެއްވުމުގެ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުނުވަނީ ކަމަށެވެ. އެއީ ގާނޫނާ އެއްގޮތަށް މަސައްކަތްކުރާ މީހަކަށް އެމަނިކުފާނު ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ކަމަށް ކުރިމަތިލަނީވެސް ގާނޫނު ތަންފީޒުކުރާ މީހެއްކަމަށް ގަބޫލުކުރެވޭތީ. އެހެންވީމަ ރައީސްކަމަށް ކުރިމަތިލާ މީހަކަށް، ކަނޑައެޅިގެން އެކަހަލަ ގަރާރެއް (އަދި ގާނޫނާ ޚިލާފު ގަރާރެއް ނަމަވެސް) އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ ގާނޫނާ ޚިލާފުވިނަމަވެސް އެއާ ދެކޮޅަށް މަސައްކަތްކުރަން ނުކުތުމަކީ (ގާނޫނާ ޚިލާފަށް މަސައްކަތްކުރަން ނުކުތުމަކީ) ކުރަންވާނެ ކަމަކަށްނުވާތީ އަޅުގަނޑު އެކަމަށް ނުނުކުންނަނީ.
ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓިފައި އޮތީ ކޮންމެހެން ހުއްޓާލަންވެގެން ނުވަތަ އެކަމުން ރައްޔިތުންނަށް ގެއްލުން ލިބޭކަމަށް ގަބޫލުކުރައްވާތީ ނޫންކަމަށެވެ. ނަމަވެސް ގަރާރު އޮތުމުން ހަމަނުޖެހުމަކަށް ނުދާންވެގެންކަމަށެވެ.

- ކޮމެންޓް