ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 22:22
ގްރީންލެންޑަށް އެރި ސުނާމީގައި ލިބުނު ބައެއް ގެއްލުން
ގްރީންލެންޑަށް އެރި ސުނާމީގައި ލިބުނު ބައެއް ގެއްލުން
ގޫގުލް
ސުނާމީ
ގްރީންލޭންޑަށް ސުނާމީއެއް އަރައި، ހަތަރު މީހުން ގެއްލިއްޖެ
ހަތަރު މީހުން ގެއްލިފައިވާކަމަށް ރަސްމީ އިދާރާތަކުން ބުނޭ
11 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ
މީހަކު މަރުވި ކަމުގެ މަޢުލޫމާތު އަދި ކަށަވަރެއް ނުވޭ

ގްރީންލޭންޑަށް ސުނާމީއެއް އަރައި، ހަތަރު މީހުން ގެއްލިއްޖެކަމަށް އޭއެފްޕީ އިން ރިޕޯޓުކޮށްފިއެވެ. 

މިހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަން އަދި ޔަގީންކުރެވިފައިނުވާ ކަމަށްވެސް އެގައުމުގެ ރަސްމީ އިދާރާތަކާއި ހަވާލާދީ އޭއެފްޕީ އިން ވަނީ ބުނެފައެވެ. 

ގްރީންލެންޑަށް ސުނާމީއެއް އަރާފައިވަނީ ރިކްޓަރ މިންގަނޑުން 4.0 ގެ ބާރުމިނުގައި އައި ބިންހެލުމަކަަށްފަހު ކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. 

ބިން ހެލުމާއި ގުޅިގެން އައި ސުނާމީގައި 11 ގެއެއް އެއްކޮށް ހަލާކުވެފައިވާ ކަމަށްވެސް އެގައުމުން ބުނެފައިވެއެވެ. ބިން ހެލުން އައިސްފައިވަނީ އެގައުމުގެ ރަށެެއް ކަމަށްވާ އުމަނަކަށް ކަމަށާއި މިއީ އާދައިގެ ބިން ހެލުމެއް ނޫން ކަމަށްވެސް ރަސްމީ އިދާރާތަކުން ބުނެފައިވެއެވެ.

ބިން ހެލުމާއި ސުނާމީ އާއި ގުޅިގެން އެ ސަރަހައްދުން 29 މީހަކު އެެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް