ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 07:19
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
އެމްޓީސީސީ
ޓްރާންސްޕޯޓް ލިންކު ބަހުގެ ޚިދުމަތް
ރާއްޖެ ޓްރާންސްޕޯޓް ލިންކު ބަހުގެ ޚިދުމަތުގައި "ކިޔު.އާރް ޓިކެޓިންގ" ތަޢާރަފުކޮށްފި
އާރް.ޓީ.އެލް ބަހުގެ ޚިދުމަތުގައި ކިޔު.އާރު ޓިކެޓް ބޭނުންކޮށްގެން ހުކުރު ދުވަހުން ފެށިގެން ދަތުރުކުރެވޭނެ
އާރް.ޓީ.އެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިޔު.އާރު ޓިކެޓް ގަނެވޭނެ
އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރއިން ހިލޭ ޑައުންލޯޑު ކުރެވޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް 2 ސެޕްޓެމްބަރު ވަނަ ދުވަހު ފެށިގެން "ކިޔު.އާރް ޓިކެޓިންގ" ތަޢާރަފުކުރުމުގެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

އެގޮތުން އެމްޓީސީސީން މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ އާރް.ޓީ.އެލް ބަހުގެ ޚިދުމަތުގައި ކިޔު.އާރު ޓިކެޓް ބޭނުންކޮށްގެން ހުކުރު ދުވަހުން ފެށިގެން ދަތުރުކުރެވޭނެއެވެ.

މިގޮތުން ކަސްޓަމަރުން ގޭގައި ތިބެގެންވެސް އާރް.ޓީ.އެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިޔު.އާރު ޓިކެޓް ގަނެވޭނެއެވެ. 02 ސެޕްޓެމްބަރުން ފެށިގެން ކިޔު.އާރް ޓިކެޓް ގަތުމަށް ކުންފުނިން އެކަމަށް ޙާއްޞަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް ބޭނުންކުރެވޭނެއެވެ. ކިޔު.އާރް ޓިކެޓިންގ ޚިދުމަތް ފެށުނަސް، ބަސް ދަތުރު ކާޑު ގެންގުޅޭ މީހުން ދަތުރު ކާޑު ބޭނުންކޮށްގެން އަދިވެސް ބަހުގައި ދަތުރުކުރެވޭނެއެވެ. އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރއިން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

ޓިކެޓް ނަގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޓިކެޓް ބޭނުންކުރެވޭނެއެވެ. ބަހުގައި ދަތުރުކުރުމަށް ޓިކެޓްގެ "ކިޔު.އާރް" ކޯޑް ބަހަށް އެރުމަށްފަހު ސްކޭންކޮށްލެވޭނެއެވެ.

"ކިޔު.އާރް ޓިކެޓިންގ" ގެ ހިދުމަތް ފެށިގެން ދިޔަ ނަމަވެސް، 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.ސްޕާ)އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

"ކިޔު.އާރް ޓިކެޓިންގ" ޚިދުމަތް އާރް.ޓީ.އެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތުގެ ތަފްސީލު، އެމްޓީސީސީގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ލިބޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650 އަށް ގުޅުމުން މައުލޫމާތުދޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

- ކޮމެންޓް