Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 07:07
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފުތާ ބަންދުގައިވެސް ވިއްސާރަކުރާނެ
ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ
ހުކުރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ
ހުކުރު ދުވަހު އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާކުރާނެ

ހަފުތާ ބަންދުގައިވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

މީގެއިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް