ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 07:04
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް
ރާއްޖެއެމްވީ
ކުޅުދުއްފުށި އެއާޕޯޓް
ރައްޔިތުންގެ ޑިމާންޑަށް ކޭޓަރ ކުރެވޭނެ ކެޕޭސިޓީއެއް މޯލްޑިވިއަންއަކު ނެތް: ކުޅުދުއްފުށި ކައުންސިލް
ކުޅުދުއްފުށީ އެއާޕޯޓުން ކުރާ ދަތުރުތައް މަދުވުމަކީ އާއްމުންގެ ކަންބޮޑުވުމެއް
އެއާޕޯޓެއް އޮތް ނަމަވެސް އެތަނުގެ ބޭނުން ނުހިފޭ

ރައްޔިތުންގެ ޑިމާންޑަށް ކޭޓަރ ކުރެވޭނެ ކެޕޭސިޓީއެއް މޯލްޑިވިއަންއަކު ނެތްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް އެތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުހިފޭ ކަަމަށެވެ. އެގޮތުން ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން ކުޅުދުއްފުށީ މަގުން ދަތުރުކުރަން ބޭނުންވާ ކަމަށާއި، އެ އެއާޕޯޓުން ހަފްތާ އަކު 5 ދަތުރުކުރާގޮތަށް ހަމަޖެހިފައި އޮތުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ. އަދި ފްލައިޓް އިތުރުކުރެވޭނީ ރަންވޭ ލައިޓް ޤާއިމްކޮށް ރޭގަނޑު ފްލައިޓުގެ ދަތުރުކުރަން ފެށިގެން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުޅުދުއްފުށްޓަކީ ރާއްޖޭގެ އެންމެ ޑިމާންޑު ބޮޑު އެއާޕޯޓުގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

އަޅުގަނޑުމެންނަށް ފްލައިޓް އިތުރު ކުރެވޭނީ ރޭގަނޑު ފްލައިޓް ޖެއްސިގެން. ރަންވޭ ލައިޓް ގާއިމްކުރުމުގައި ޗެލެންޖަކީ ރަންވޭގެ ހުޅަނގު ކޮޅުން ގިރާފައި އޮތް އޮތުން. އީއައިއޭގައި ބުނާ ވަރަށް ވުރެ މާ ކުދި ހިލަތަކެއް ޖަހައިގެން އެ ތަނުގެ ތޮށިގަނޑު ހަދާފައި އޮތީ. އެތަން ނުހަދާ ލައިޓް ޖަހައިފި ނަމަ އެ ލައިޓުތައް ހަލާކުވުމުގެ ފުރުސަތު ބޮޑު.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް

ކުޅުދުއްފުށީ އެއާޕޯޓުން ކުރާ ދަތުރުތައް މަދުވުމަކީ އާއްމުން އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަ އެއް ކަަމަށް މޭޔަރު އާތިފް ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް
2 ސެޕްޓެންބަރ 2022 | ހުކުރު 07:28
ނިޝްކޮ
މީ ބުނާކަށް ރީތި މޭޔަރެއް