ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:26
ހެޓްރިކް ހެދި ހާލާންޑް ލަނޑު ޖެހުމަށްފަހު
ހެޓްރިކް ހެދި ހާލާންޑް ލަނޑު ޖެހުމަށްފަހު
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
އަނެއްކާވެސް ހާލާންޑްގެ ހެޓްރިކެއް!
 
ސިޓީ އޮތީ ތާވަލްގެ ދެވަނާގައި

މިސީޒަންގައި މެންޗެސްޓަރ ސިޓީއާ ގުޅުނު ފޯވާޑް ހާލާންޑް ވިދިވިދިގެން ދެވަނަ މެޗުގައި ހެޓްރިކް ހަދައިފިއެވެ.

ހާލާންޑް ދެވަނަ ހެޓްރިކް ހެދީ އިނގިރޭސި ޕްރިމިއަރ ލީގުގައި 6-0 ން ނޮޓިންގހަމް ފޮރެސްޓް ބަލިކުރި ފުޓުބޯޅަ މެޗުގައެވެ. ފުރަތަމަ ހާފްގައި ސިޓީގެ ފުރަތަމަ ތިން ލަނޑު ޖަހާ ހާލާންޑް ސިޓީއަށް ތިން ލަނޑުގެ ލީޑެއް ނަގައިދިނެވެ. އާޖެންޓީނާއިން ގެނައި ޒުވާން ފޯވާޑް އަލްވާރޭޒް ވެސް މެޗުގެ ދެވަނަ ހާފްގައި ދެ ލަނޑު ޖެހިއެވެ. ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލާންޑްއާއި އަލްވަރޭޒްއަށް ވެސް މުޅި މެޗު ފުރިހަމަކުރަން ފުރުޞަތު ދީފައެވެ. އެދެ ކުޅުންތެރިންނާއެކު ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދިނީ ފޮޑެންއަށެވެ. މެޗުގައި ދެން ސިޓީއަށް ލަނޑު ޖަހައިދިނީ ކާންސެލޯއެވެ. ހާލާންޑް ވަނީ ކްރިސްޓަލް ޕެލަސް ކޮޅަށް ސިޓީގެ ފަހު ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އެމެޗުން ސިޓީ މޮޅުވީ ކްރިސްޓަލް ޕެލަސް ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށެވެ.

މިމޮޅާއެކުވެސް ސިޓީ އޮތީ ތާވަލްގެ ދެވަނާގައެވެ. އެއީ ފަސް މެޗުން 13 ޕޮއިންޓާއި, ފައިދާ 14 ގޯލާއެކުއެވެ. އެއްވަނާގައި އޮތީ ފަސް މެޗުވެސް ކާމިޔާބުކޮށްފައިވާ އާސެނަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް