ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:12
ޕީއެސްޖީގެ ކުޅުންތެރިން
ޕީއެސްޖީގެ ކުޅުންތެރިން
ފްރާންސް ލީގު
ތިން ތަރިންގެ މޮޅު ކުޅުން ފެނުނު މެޗުގައި ޕީއެސްޖީން މޮޅެއް
 
މެޗުގައި ނޭމާ އާއި އެމްބާޕޭ ލަނޑު ޖެހިއިރު، ދެ ލަނޑު ޖެހުމަށް ވެސް އެސިސްޓުކޮށްފައިވަނީ މެސީ

ފްރާންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޓޮއުލޮއުސްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު ފުޓުބޯޅަ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި އެ ޓީމުގެ ތިން ތަރިންކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ، ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ބްރެޒިލްގެ ނޭމާ ޖޫނިއަރގެ ކޮމްބިނޭޝަން ރަނގަޅު މޮޅު ކުޅުން ވަނީ ފެނިފައެވެ. މެޗުގައި ނޭމާ އާއި އެމްބާޕޭ ލަނޑު ޖެހިއިރު، ދެ ލަނޑު ޖެހުމަށް ވެސް އެސިސްޓުކޮށްފައިވަނީ މެސީއެވެ.

މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ނޭމާ ޖެހީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ދެ ވަނަ ލަނޑު އެމްބާޕޭ ވެސް ޖެހީ 50 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ފަހު ލަނޑު ޔުއާން ބާނަޓް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި އެއް މިނެޓުގެ ތެރޭގައެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު، ފަސް މެޗުން ޖުމުލަ 13 ޕޮއިންޓު ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް ލެންސް އަށް ވެސް ފަސް މެޗުން ލިބެނީ 13 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ހޯދަނީ ޕީއެސްޖީއެވެ. ތިން ވަނަ މަގާމުގައި އޮތް މާސޭ އަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ޕޮއިންޓުގެ ގޮތުން ތިން ޓީމު އެއްވަރުވެފައި އޮތުމުން ލީގުގެ ވާދަވެރިކަން ވެސް ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް