ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:07
ކަސްޓަމަސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމަސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެފި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 1.674 ކިލޯގްރާމް ހުރި
މިމައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި
ބަލާފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ގެނެސްފައިވާ ޕެކޭޖެއް

ޕޯސްޓްގެ ޒަރީއާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 1.674 ކިލޯގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީގެ އަގު ފަސް މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ގެނެސްފައިވާ ޕެކޭޖެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ހަތަރު ޕެކެޓް ފެނިފައިވެއެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމަސްއިން މިތަކެތި ތަހުލީލުކުރިއިރު މިހަތަރު ޕެކެޓްގެ ތެރެއިން ދެ ޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެޓަމައިން އަށް ޕޮޒިޓިވްވެފައިކަމަށް ކަސްޓަމަސް އިން ބުނެއެވެ. އަދި އަނެއް ދެޕެކެޓުގައި ހުރިތަކެތި ވަނީ ކޮކެއިން އަށް ޕޮޒިޓިވްވެފައެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައެވެ.

މީގެއިތުރުން ކަސްޓަމްސް އިން ވަނީ މިފަހުން ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. މި ޑްރަގް އަތުލައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

- ކޮމެންޓް