ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 07:28
އިޓާލިއަން ލީގުގައި ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގު
އޭސީ މިލާން އެއްވަރުވީއިރު އިންޓަ މިލާނުން ދެވަނައަށް ޖެހިލައިފި
 
ރަށުން ބޭރުގައި އޭސީ މިލާނުން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން
 
އިންޓައިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-1 އިން

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ސަސުއޯލޯއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު އެއްވަރުވީއިރު، ސްރެމޮނީސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަ މިލާނުން ދެވަނަ އަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި އޭސީ މިލާނުން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސަސުއޯލޯގެ ބެރާޑީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ނިންމީ އެ ލަނޑު ބަލައިނުގަތުމަށެވެ. އޭގެ ފަހުން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު އިރު، އޭގެ ބޭނުމެއް ނުހިފުނެވެ.

އިންޓައިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. އިންޓަގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖެހީ ޔަކީން ކޮރެއާއެވެ. އޭގެ ފަހުން 34 ވަނަ މިނެޓުގައި ނިކޮލޯ ބަރެލާ ވަނީ ލަނޑެއް ޖަހައި އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. އިންޓަގެ ފަހު ލަނޑު އެ ޓީމުން ދެ ވަނަ ހާފުގައި ޖެހިއިރު، ސްރެމޮނީސް އިން ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

އިންޓަގެ ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ލަޓާރޯ މާޓީނޭޒްއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ސްރެމޮނީސްގެ ހަމައެކަނި ލަނޑު ޖެހީ އޮކެރެކޭއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު، ހަތަރު މެޗުން ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެން އިންޓަ އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން އޮތީ ހަތަރު މެޗުން އަށް ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ރޯމާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް