ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 05:40
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީއަކީ އުންމީދެއް އޮތް ޕާޓީއެއް: އަމީން
ޖުމްހޫރީ ޕާޓީން މަސައްކަތްކުރަނީ އެންމެންނާވެސް ގުޅިގެން ކުރިއަށްދާން

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ އުންމީދެއް އޮތް ޕާޓީއެއް ކަމުގައި އެޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވަނީ ޖުމްހޫރީ ޕާޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ޒުވާން ޕާޓީއެއް ކަމަށެވެ. އެ ޕާޓީގައި ޒުވާނުންނަށާއި، އަންހެނުންނަށް ގިނަ ގުނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، ސިޔާސީ މައިދާނުގައާއި، އެހެނިހެން މައިދާންތަކުގައިވެސް އެ ޕާޓީގެ ޒުވާނުންގެ އިސްނެގުން މީގެ ކުރިންވެސް އަދި މިހާރުވެސް ވަރަށް ބޮޑަށް ފެނިފައިވާކަން އަމީން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް އެ ޕާޓީއަކީ އުންމީދެއް އޮތް ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ތެރެއިން ލިބިގެންދާ ފުރުސަތުތައްވެސް ފަހިވާނެކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ހުރިހާ އެންމެންނާވެސް ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ، އަދި އެކަމުގެ ކެޕޭސިޓީ ހުރި ބޭފުޅެއް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޕާޓީއާއެކު މަސައްކަތްކުރާ އެންމެންވެސް މަސައްކަތްކުރަނީ އެ ވިސްނުމުގައި ކުރިއަށްދިއުމަށް ކަމުގައި އަމީން ވިދާޅުވިއެވެ.

- ކޮމެންޓް
31 އޯގަސްޓް 2022 | ބުދަ 11:27
އަލީބެ
ކޮންމެ ފަސްއަހަރަކުން އެއްފަހަރު އަރާލާ އުއްމީދެއް. މިހުރިހާ ދުވަހު އުއްމީދު އޮތީ ލަންޑަންގަ.