ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 20:38
އަލިފުށި ރެކްރިއޭޝަން ކްލަބް
އަލިފުށި ރެކްރިއޭޝަން ކްލަބް
އެމްޓީސީސީ ނޯތު ލީގު، ދެވަނަ ޑިވިޝަން
ދުވާފަރު ބަލިކޮށް، އަލިފުށިން ފުރުސަތު ހޯދައިފި
 
އަލިފުއްޓަށް ފުރުސަތު ބޮޑު، މިހާރު އޮތީ 4 ޕޮއިންޓާއެކު

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަން ގްރޫޕް ޑީގައި ދުވާފަރު ބަލިކޮށް, އަލިފުށިން ފުރުސަތު ހޯދައިފިއެވެ.

އަލިފުށިން ނޯތު ލީގު އެއްވަނަ ޑިވިޝަންގެ ޖާގަ ހޯދުމުގެ ފުރުސަތު ތަނަވަސްކުރީ 3-1ން ދުވާފަރު ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ހަތަރު ޕޮއިންޓް ހަމަކޮށްގެންނެވެ. މިމޮޅާއެކު ތިން މެޗުން އަލިފުށި ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. ދުވާފަރަށް ތިން މެޗުން ލިބެނީ ދެ ޕޮއިންޓެވެ. އުނގޫފާރު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

ދުވާފަރު އަތުން މޮޅުވި މެޗުގައި ފުރަތަމަ ތިން ލަނޑުވެސް ޖެހީ އަލިފުށީ ޓީމުންނެވެ. އެޓީމުގެ ލަނޑުތައް ޖެހީ އަބްދުﷲ އާދަމް, އިސްމާއީލް ނަސީމް، އަދި އަބްދުﷲ ފާރިޝްއެވެ. ދުވާފަރުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަހުމަދު މައިސޫންއެވެ.

ތިން ޓީމް ވާދަކުރާ ގްރޫމުން ނޯތު ލީގު އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނީ ދެ ޓީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
0%
33%
0%
33%
0%
ކޮމެންޓް
ގުޅުންހުރި
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
ވެރިންނަށް މަރުހަބާ ދަންނަވަން ދަރިވަރުން ނެރެން ފަށައިފި
އިންތިހާބު ބާއްވާ ދުވަސް ބަންދުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ
އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނާ ވާހަކަތަކަށް މޭޔަރު އާޒިމް ރައްދު ދެއްވައިފި
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ