ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 09:58
އުނގޫފާރު ޓީމުން ލަނޑު ޖެހުމަށްފަހު: ފޮޓޯ- އެންއެސްސީ ބިގްމޭން (އައްޔަ)
އުނގޫފާރު ޓީމުން ލަނޑު ޖެހުމަށްފަހު: ފޮޓޯ- އެންއެސްސީ ބިގްމޭން (އައްޔަ)
އެމްޓީސީސީ ނޯތް ލީގު/ދެވަނަ ޑިވިޝަން
ދުވާފަރާއި، އުނގޫފާރުވެސް އެއްވަރު
 
ތިންވަނަ މެޗުގައި ވާދަކުރާނީ އުނގޫފާރާއި އަލިފުށި

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގެ ދެވަނަ މެޗުވެސް އެއްވަރުވެއްޖެއެވެ.

ގްރޫޕް ޑީގެ ދެވަނަ މެޗުގައި ރ.އުނގޫފާރާއި. ދުވާފަރު ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ. މިއީ ފުރަތަމަ މެޗުގައި ދުވާފަރާއި އަލިފުށި ވާދަކުރި މެޗުގެވެސް ނަތީޖާއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އުނގޫފާރުންނެވެ. އެޓީމަށް ކުރި ހޯދައިދިނީ އުނގޫފާރު ކޯޗަކަށް ހުރި ޕްރޯ ލައިސެންސް ކޯޗު މުޙައްމަދު ޝިޔާޒުގެ އިރުޝާދުގެ ދަށުން އީގަލްސްއަށްވެސް ކުޅުނު ބިދޭސީ ކުޅުންތެރިޔާ އުމަރުޖާނޯވް އަކްރަރްއެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ދުވާފަރުގެ މުޙައްމަދު އަލީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަކުރިއެވެ. އަދި ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި މުޙައްމަދު ޖުމާން ލަނޑު ޖަހާ ދުވާފަރަށް ކުރި ހޯދައިދިނެވެ. އުނގޫފާރުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނިޓްގައި އާތިފް އިޤްބާލް ޖެހި ލަނޑުންނެވެ.

މުބާރާތުގައި ވާދަކުރާ ދުވާފަރު ޓީމްގެ ކޯޗަކީ މިސީޒަންގެ ބޮޑު ބައެއްގައި އީގަލްސްގެ ހެޑްކޯޗުކަން ކުރި އެޓީމްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދުއެވެ. ނިމާ ވަނީ އީގަލްސްގެ ކޯޗުކަށް މޯހަން ހުރިއިރުވެސް އެޓީމްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މިގްރޫޕްގެ މެޗުތައް ކުލެނީ ރ.އަލިފުށި ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މިގްރޫޕްގައި ދެން ކުޅޭ މެޗުގައި އަލިފުށި ވާދަކުރާނީ އުނގޫފާރާއެވެ. އެމެޗު ކުޅޭނީ މާދަމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް