ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 09:32
މޫސުން
މޫސުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު ވައިޓް އެލާޓް ދިގުދަންމާލައިފި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު ވައިޓް އެލާޓްގެ ދިގުދަންމާލައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ މެންދުރު 14:30އާ ހަމައަށް ވައިޓް އެލާޓްގެ ދިގުދަންމާލާކަމަށެވެ. މިގަޑިތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް ގަދަވާނެކަމަށާއި ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް