ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 09:03
އެންގޯލޯ ކާންޓޭ
އެންގޯލޯ ކާންޓޭ
ޕީއެސްޖީން ކުޅުންތެރިން ހޯދުން
ޕީއެސްޖީން އެންގޯލޯ ކާންޓޭއަށް ފާރަލަނީ!
 
އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޗެލްސީން ކާންޓޭއަށް އައު އެއްބަސްވުމެއް ހުށަނާޅައިފި ނަމަ، އެހެން ކުލަބަކަށް ބަދަލުވުމަށް ކާންޓޭ ވެސް މަސައްކަތް ކުރާނެ

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ޗެލްސީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑާރު އެންގޯލޯ ކާންޓޭއަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޕީއެސްޖީން ކާންޓޭ ހޯދުމަށް ފާރަލަމުންދާކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ކާންޓޭ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ. ކާންޓޭ އަންނަނީ ޗެލްސީގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. ނަމަވެސް މި ސީޒަންގައި ކާންޓޭ އަށް ވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސްޖީން އަންނަނީ ކާންޓޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ވާހަކަތައް ދެކެވިފައިނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޗެލްސީން ކާންޓޭއަށް އައު އެއްބަސްވުމެއް ހުށަނާޅައިފި ނަމަ، އެހެން ކުލަބަކަށް ބަދަލުވުމަށް ކާންޓޭ ވެސް މަސައްކަތް ކުރާނެއެވެ.

ކާންޓޭ ވަނީ ޗެލްސީއަށް ކުޅެދިން 262 ފުޓުބޯޅަ މެޗުގައި 13 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެލްސީއާއެކު ޔޫރަޕުގެ ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު، އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް