ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 07:10
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ފްރާންސް ލީގު
ޕެނަލްޓީގައި ނޭމާ ޖެހި ލަނޑުން މޮނާކޯ އަތް ދަށު ނުވެ ޕީއެސްޖީ ސަލާމަތްވެއްޖެ
 
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

ފްރާންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަންސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި މޮނާކޯ ބައްދަލުކުރި ފުޓުބޯޅަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މޮނާކޯ އިންނެވެ. އެއީ މެޗުގެ 20 ވަނަ މިނެޓުގައި ކެވިން ވޮލާންޑު ޖެހި ލަނޑުންނެވެ. އެއް ލަނޑުގެ ލީޑެއްގައި އޮވެ މޮނާކޯ އިން ކުޅެމުން ދިޔަ އިރު، ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކޮށްފައެވެ.

މެޗުގައި ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް ވަނީ މޮނާކޯގެ ގޯލު ދަނޑިއަށް އަމާޒުވެފައެވެ.

ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ މި ސީޒަނުގެ ފްރާންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެ ޕީއެސްޖީ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

މެޗު އެއްވަރުވެ ޕީއެސްޖީއަށް ލިބުނު އެއް ޕޮއިންޓާއެކު، ހަތަރު މެޗުން ޖުމުލަ 10 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް މާސޭ އާއި ތިން ވަނަ މަގާމުގައި އޮތް ލެންސް އަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް