ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 00:59
އެންޓޮނީ މަތިއުސް
އެންޓޮނީ މަތިއުސް
އެންޓޮނީގެ ކުރިމަގު
އެންމެ ފަހުން ޔުނައިޓެޑުން އެންޓޮނީގެ ޑީލް ކާމިޔާބުކޮށްފި
 
އެންޓޮނީ ހޯދުމަށް ޔުނައިޓެޑުން 100 މިލިއަން ޔޫރޯ ޚަރަދުކުރާނެ

އަޔެކްސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޓޮނީ މަތިއުސް ހޯދުމުގެ ޑީލް އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އެންޓޮނީއަކީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބޭނުންވާ ފުޓުބޯޅަ ކުޅުންތެރިޔެކެވެ. ޔުނައިޓެޑުން އެންޓޮނީ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އެއްބަސްވުމަކަށް ނާދެވި ވަނީ ދިގުލައިގެން ގޮސްފައެވެ. ނަމަވެސް ފަހުން އެންޓޮނީ ވެސް ވަނީ ޔުނައިޓެޑާ މަޝްވަރާކުރުމަށް އަޔެކްސްގެ ބޯޑުގައި އެދިފައި ކަަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

ޔުނައިޓެޑުން މިހާރު ވަނީ އަޔެކްސްއާއެކު އެއްބަސްވުމަކަށް އާދެވިފައެވެ. އެންޓޮނީ ހޯދުމަށް ޔުނައިޓެޑުން 100 މިލިއަން ޔޫރޯ ޚަރަދުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އަޔެކްސް ދޫކޮށް އެންޓޮނީ ޔުނައިޓެޑަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަަށުންނެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމާއެކު، އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވެސް އެއްބަސްވުމުގެ ދަށުން ޔުނައިޓެޑަށް ލިބެއެވެ. ޔުނައިޓެޑުގެ އެއްބަސްވުމުގައި ހޯމަ ދުވަހުގެ ވަގުތެއްގައި އެންޓޮނީ ސޮއި ކުރާނެ ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޔުނައިޓެޑު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ކުޅުންތެރިން ބޭނުންވާ ކަމަށް ކޯޗު ޓެން ހާގް ވަނީ ބުނެފައެވެ. ދާދި ފަހުން ޔުނައިޓެޑް ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
13%
6%
19%
6%
6%
50%
ކޮމެންޓް