ޕޯޗުގަލްގެ ޖަންގަލީގައި އަލިފާން ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައި 59 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޕޯޗުގަލްގެ އިންޓާނަލް އެފެއާޒް ސެކްރެޓަރީ އޮފް ސްޓޭޓް ޖޯޖް ގޯމޭސް އާދީއްތަ ދުވަހު ވިދާޅުވީ 22 މީހަކު އެމީހުންގެ ކާރުގެ ތެރޭގައި ތިބެ އަނދައިގެން މަރުވެފައިވާކަމަށެވެ.
އެމީހުން މަރުވީ ފިގަރޯ ޑޮސް، ވިންހޮސް އަދި ކަސްޓަނެއިރާ ޑި ޕެރޭރާ ސިޓީއިންނެވެ. މަރުވި މީހުން ތިބީ މަގުމަތީ ކާރުތެރޭ ތާށިވެފައެވެ.
އިތުރު ތިން މީހަކު ވަނީ ބޯ ދުމުގެ ސަބަބުން މަރުވެފައެވެ. ފަޔަރ ފައިޓަރުންވެސް ހިމެނޭގޮތުން 16 މީހަކު ވަނި ޒަަޚަމްވެފައެވެ.
ޕޯޗުގަލްގެ ޖަންގަލީގެ 60 ތަނެއްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމަށް ހޮނިހިރު ދުވަހު ވަނީ 1،700 އެއްހާ ފަޔަރފައިޓަރުންނާއި 160 ވެހިކަލެއް ނެރެފައެވެ.
ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ އަލިފާން ރޯވި ކަމަށް ބެލެވެނި ހަނަފަސްކޮށް އޮއްވައި ހޮނުއެޅުމެވެ.
ޕޯޗުގަލްއަށް ހޮނިހިރު ދުވަހު އެތައް ހީޓްވޭވެއް އައިސްފައިވާއިރު އެތައް ސަރަހައްދެއްގެ ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.
ސްޕެއިނުން އާދީއްތަ ދުވަހު ވަނީ ފެންޖަހާ ދެ މަތިންދާ ބޯޓެއް ޕޯޗްގަލްއަށް ފޮނުވާފައެވެ.