ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 08:23
ޖޫލްސް ކޫންޑޭ
ޖޫލްސް ކޫންޑޭ
ޓްވިޓަރ
ބާސެލޯނާ
ބާސެލޯނާއިން ޖޫލްސް ކޫންޑޭ ރަޖިސްޓްރީކޮށްފި
 
އައު ސީޒަން ފެށި އިރު ބާސެލޯނާއަށް ވަނީ ކޫންޑޭ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައި

ރަޖިސްޓްރީ ކުރުމުގައި ދަތިތަކަކާ ދިމާވި ޖޫލްސް ކޫންޑޭ އެންމެ ފަހުން ބާސެލޯނާގެ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފިއެވެ.

އައު ސީޒަން ފެށި އިރު ބާސެލޯނާއަށް ވަނީ ކޫންޑޭ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައެވެ. އައު ސީޒަނަށް ބާސެލޯނާއިން ވަނީ ހަ ކުޅުންތެރިޔަކު ހޯދާފައެވެ. ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ބާސެލޯނާއަސް ދަތިތަކާ ކުރިމަތިލާން ޖެހުނީ ލަލީގާގެ މާލީ ގަވައިދުތަކަށް ނުފެތޭތީއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ކޫންޑޭ ރަޖިސްޓްރީ ކުރެވިފައިވާއިރު، ލަލީގާ އިން ވެސް ވަނީ އެކަން ޔަގީކޮށްދީފައި ކަމަށެވެ. ކޫންޑޭގެ އިތުރުން ބާސެލޯނާއިން މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ވަނީ ކުޅުންތެރިން ހޯދާފައެވެ.

ކުޅުންތެރިން ހޯދުމުގައި ބާސެލޯނާއިން ބޮޑު ހޭދައެއްކޮށްފައިވާއިރު، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން މައްސަލަ ބަލަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ބާސެލޯނާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް