ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 08:18
ފޮފާނާ
ފޮފާނާ
ފޮފާނާގެ ކުރިމަގު
އެންމެ ފަހުން ފޮފާނާ ޗެލްސީއަށް
 
ޗެލްސީއަށް ބަދަލުވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ލެސްޓާ ސިޓީއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު ވެސްލީ ފޮފާނާ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީ އަށް ބަދަލުވުމަށް ފޮފާނާ އެއްބަސްވެފައިވާއިރު، އޭނާ ދޫކޮށްލުމަށް ލެއިސްޓާ އިން ވެސް ވަނީ އެއްބަސްވެފައެވެ. ފޮފާނާ ހޯދުމަށް ޗެލްސީން ހުށަހަޅާފައިވަނީ 75 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އޭނާ ޗެލްސީއަށް ބަދަލުވަނީ 2028 ހާ ހަމައަށް ކުލަބުގައި މަޑު ކުރާ ގޮތަށެވެ.

މީގެ ކުރިން ވެސް ޗެލްސީން ވަނީ އެކި ފަހަރު މަތިން ފޮފާނާ ހޯދުމަށް ބިޑު ހުށަހަޅާފައެވެ. ނަމަވެސް އެ ހުރިހާ ފަހަރަކު ލެސްޓާ އިން ވަނީ ބިޑު ރިޖެކްޓުކޮށްފައެވެ. ޗެލްސީން ފޮފާނާ ހޯދަނީ އެ ޓީމުގެ ޑިފެންސް ލައިން މިހާރަށް ވުރެ ވަރުގަދަ ކުރުމަށެވެ.

މީގެ އިތުރުން މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ކުރިއަށް ދަނީ ޓްރާންސްފާއާ ބެހޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތެވެ.

ސެއިން-އެޓިއެން އިން ސީނިއަރ ކެރިއަރު ފެށި ފޮފާނާ ލެސްޓާ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ލެސްޓާ އަށް ބަދަލުވި ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ފޮފާނާ ވަނީ ލެސްޓާ އަށް ކުޅެދިން 52 މެޗުގައި އެއް ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
0%
0%
50%
ކޮމެންޓް