ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 07:40
ޖަރުމަނު ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގު
މުންޗެންގްލަޑްބެކް ކައިރިން ބަޔާން ސަލާމަތްކޮށްދިނީ ސާނޭ
 
ނަތީޖާ ހަމަހަމަކުރި ލަނޑު ސާނޭ ޖެހީ މެޗުގެ 83 ވަނަ މިނެޓުގައި

ޖަރުމަނު ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން ޗެމްޕިއަން ބަޔާން މިއުނިކް އެއްވަރުވެއްޖެއެވެ.

މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި މެޗަކުން މޮޅުނުވެ ބަޔާން ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އެ މެޗުގެ ކުރިން ކުޅުނު ތިން މެޗުން ވެސް ބަޔާން ވަނީ މޮޅުވެފައެވެ.

މެޗުގައި ބަޔާންގެ ސަޑިއޯ މާނޭ ލަނޑެއް ޖެހި ނަމަވެސް، ވިއޭއާރުން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ މުންޗެންގްލަޑްބެކް އިންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކަސް ތުރާމްއެވެ. އޭގެ ފަހުން ބަޔާނުން ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް، މުންޗެންގްލަޑްބެކްގެ ގޯލް ކީޕަރު ޔެން ސޮމާ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. އެގޮތުން މެޗުގައި އޭނާ ވަނީ ބަޔާންގެ 19 ހަމަލާއެއް ހުއްޓުވާފައެވެ. މިއީ ޖަރުމަނު ލީގުގެ މެޗެއްގައި އެންމެ ގިނަ ހަމަލާ ހުއްޓުވުމުގެ ރެކޯޑެކެވެ.

ލަނޑެއް ޖެހުމަށް ބަޔާނުން ކުރި މަސައްކަތް ކާމިޔާބުކުރެވުނީ 83 ވަނަ މިނެޓުގައެވެ. ބަޔާންގެ ޖަމާލް މުސިއާލާ ދިން ބޯޅައަކުން މި ލަނޑު ޖެހީ ލެރޯއި ސާނޭއެވެ.

މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު، ހަތަރު މެޗުން ޖުމުލަ 10 ޕޮއިންޓު ހޯދައިގެން ބަޔާން އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް ޔޫނިއަން ބާލިންއަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. ނަމަވެސް ބަޔާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް