Advertisement
ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 06:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައްޔިތުންނަށް ޚިދުމަތް ކުރުން
ތަފާތު ވިސްނުމާއި ފިކުރާއި ރޭވުންތެރިކަމާއި ކުރެހުން ގެންނާނެ، ރައްޔިތުން ވިސްނަންވީ އެއަށް އަމަލުކުރަނީ ކޮންބައެއްތޯ - ރައީސް
ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް
ކަންތައްތައް ނިންމާނީ ރައްޔިތުން
ސަރުކާރުން ތިބީ އަނެއްކާވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމާއިގެން ކުރިއަށްދާން

ސަރުކާރުން ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށާއި، ސަރުކާރުގައި ވިސްނުމާއި ފިކުރު އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކޮށް، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދީ، އެ ރަށެއްގެ އިޤްތިޞާދު ކުރިއަރުވައި ފުދުންތެރި ކުރެއްވުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުން ކަންތައްތައް ނިންމާއިރުގައި، ވަރަށް ފުންކޮށް ވިސްނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް ކަމަށެވެ. އަދި ތަފާތު ވިސްނުމާއި ފިކުރު ރައްޔިތުންގެ ކުރިމައްޗަށް އަންނާނެ ކަމަށާއި ރޭވުންތައް ހުންނާނެ ކަމަށެވެ. ކުރެހުންތައް ގެންނާނެ ކަމަށާއި، އެހެން ނަމަވެސް، ވިސްނަވަންވީ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ކަންތައްތައް ކުރަނީ ކޮންބައެއްތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންތައްތައް ނިންމާނީ ރައްޔިތުން ކަމަށެވެ. އިރާދަކުރެއްވިއްޔާ ސަރުކާރުން ތިބީ އަނެއްކާވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމާއިގެން ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް