ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 22:54
ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅު
ކައުންސިލްތަކާ ބައްދަލު ކުރުމުގެ ބޭނުމަކީ ތަރައްޤީއަށް ހިންގާ މަޝްރޫއުތައް ތަރުތީބު ކުރުން: ރައީސް ޞާލިޙް
ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި

ކައުންސިލްތަކާއިއެކު ގާތުން ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ބައްލަވައިގެން ތަރައްޤީއަށް ހިންގާ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މުލަކަތޮޅު ދިއްގަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި ރައީސް ވަނީ ދައުރުގައި ބާކީ އޮތީ އެއް އަހަރުކަން ފާހަގަކުރައްވައި ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުންނެވި ކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ދިއްގަރު ކައުންސިލުން ވަނީ، މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމާއި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިއްގަރު ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިންގ މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާ، ދިއްގަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭމިންވަރު އިތުރުކުރުން ހިމެނެއެވެ.

ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ. މިވޮލީމެޗު ބެލުމަށް ދިއްގަރުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ހާޒިރުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

- ކޮމެންޓް