ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 11:23
އިބްރާހިމް ނާހިލް ނިޒާރު
އިބްރާހިމް ނާހިލް ނިޒާރު
އަދަދު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް
ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު އަނެއްކާ ވެސް ނާހިލް މުގުރާލައިފި
ދާދި ފަހުން ނާހިލް ވަނީ ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލާފައި

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކޮށް، އިބްރާހިމް ނާހިލް ނިޒާރު ލޯންގް ޖަމްޕްގެ ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

ދާދި ފަހުން ނާހިލް ވަނީ ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވެސް ލޯންގް ޖަމްޕުގެ ޤައުމީ ރެކޯޑު މުގުރާލާފައެވެ. އެ މުބާރާތުގައި 13 އަހަރުން ކުރިން ހުސެއިން ހަލީމް ހަދާފައިވާ ރެކޯޑު ނާހިލް މުގުރާލީ، 6.71 މީޓަރު ދުރަށް ފުއްމައިގެންނެވެ. ހަލީމް ވަނީ 6.47 މީޓަރު ދުރަށް ފުންމާފައެވެ.

ހޮނިހިރު ދުވަހު ނާހިލް ވަނީ އިސްލާމިކް ސޮލީޑަރިޓީ ގޭމްސްގައި އޭނާ އައު ކުރި ޤައުމީ ރެކޯޑު މުގުރާލާފައެވެ. އެއީ 6.82 މީޓަރު ދުރަށް ފުންމައިގެންނެވެ. ދެ ވަނަ ފަހަރަށް ނާހިލް ޤައުމީ ރެކޯޑު މުގުރާލިއިރު، މިއަހަރުގެ ކުރީކޮޅު ކުރިއަށް ދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ނާހިލް ވަނީ ވިދާލާފައެވެ.

ރެކޯޑު މުގުރާލައި، ނާހިލް ވަނީ ލޯންގް ޖަމްޕުގެ ރަން މެޑަލް ހޯދާފައެވެ. މި ބައިގެ ދެ ވަނަ ހޯދީ 6.48 މީޓަރަށް ފުންމައިގެން އިބާދުﷲ އާދަމްއެވެ. އިބާދު އަކީ ރައުހަތް ސްޕޯޓްސް އެކަޑަމީގެ އެތުލީޓެކެވެ. ތިން ވަނަ ހޯދީ ސާއިދު ސްޕޯޓްސް އެކަޑަމީގެ އާދަމް ރިފްއަތެވެ. އެއީ 5.71 މީޓަށް ފުންމައިގެންނެެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ އަންހެން ލޯންގް ޖަމްޕް އިވެންޓު ވެސް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގެ އެއް ވަނަ ހޯދީ ނޫރާ ޢަބްދުލް ހަމީދެވެ. އެއީ 4.83 މީޓަރަށް ފުންމައިގެންނެވެ. މި އިވެންޓުގެ ދެ ވަނަ ހޯދި އާމިނަތު ލަޔާނާ 4.80 މީޓަރަށް ފުންމިއިރު، ތިން ވަނަ ހޯދި އައިޝަތު ޝުބާ ސަލީމް ވަނީ 4.78 މީޓަށް ފުންމާފައެވެ.

- ކޮމެންޓް