ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 09:00
އަޙުމަދު ޢަބްދުﷲ (ޑަކީ)
އަޙުމަދު ޢަބްދުﷲ (ޑަކީ)
ވޮލީބޯޅަ
މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ޑަކީ ކުއްލި ގޮތަކަށް ނިޔާވެއްޖެ
 
ޑަކީ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި

ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙުމަދު ޢަބްދުﷲ (ޑަކީ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޑަކީ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ތެރެއިން ކުއްލި ގޮތަކަށް ކޯޓު މައްޗަށް ޑަކީ ވެއްޓުނެވެ. މެޗުގެ ތިން ވަނަ ސެޓުގެ ތެރެއިން ޑަކީ ކޯޓު މައްޗަށް ވެއްޓިފައިވާއިރު، އެހީވުމަށް އެ ޓީމުގެ ކުޅުންތެރިން ވަނީ ގާތްވެފައެވެ. އަދި ކުޅުންތެރިންގެ އެހީއާއެކު ޑަކީ ވަނީ ކޯޓުން ބާލާފައެވެ. އޭގެ ފަހުން ޑަކީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ޑަކީ ވަނީ ނިޔާވެފައެވެ.

ނިޔާވިއިރު ޑަކީ އައީ މުބާރާތުގައި އދ. ދިއްދޫ ޓީމަށް ކުޅެމުންނެވެ. މުބާރާތުގައި ދިއްދޫ ޓީމާއެކު ޑަކީ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޑަކީ އަކީ އެކި އެކި ވޮލީ މުބާރާތްތަކުގައި ކުޅެފައިވާ މޮޅު ކުޅުންތެރިޔެކެވެ. އަތޮޅު ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ޑަކީ އަކީ ޤައުމީ ފެންވަރުގެ މުބާރާތްތައް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

ޑަކީގެ ކުއްލި ވަކިވުމާއެކު ވޮލީ ބޯޅަ އާއިލާގެ މެމްބަރުންނާއި ގިނަ ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާ ފޮނުވަމުންނެވެ. މީގެ އިތުރުން ވީއޭއެމް އިން ވެސް ވަނީ ޑަކީގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
9%
9%
27%
9%
45%
0%
ކޮމެންޓް