ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 08:39
ކްލޮޕް
ކްލޮޕް
ޓްރާންސްފަރ މާކެޓު
ލިވަޕޫލް އިން މިޑްފީލްޑަރަކު ހޯދަން ބޭނުންވޭ: ކްލޮޕް
 
އޭނާ ފާހަގަކުރި ގޮތުގައި ލިވަޕޫލުން އަންނަނީ މިޑްފީލްޑަރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން

ލިވަޕޫލުން މިޑްފީލްޑުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު ހޯދަން ބޭނުންވާކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މީގެ ކުރިން ކްލޮޕް ބުނެފައިވަނީ ލިވަޕޫލުން ކުޅުންތެރިޔަކު ހޯދަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އޭރު ވެސް ކްލޮޕް ބުނީ ކުޅުންތެރިޔަކު ހޯދާ ނަމަ، އޭނާ ވާންޖެހޭނީ ޓީމަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާ ކަމަށެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުނީ، މިޑްފީލްޑަރަކު ބޭނުންނުވާ ކަމަށް އޭނާ ބުނި ކަމަށެވެ. ނަމަވެސް އޭނާ އަށް ބުނެވުނީ ގޯސް ބުނުމެއް ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ލިވަޕޫލުން އަންނަނީ މިޑްފީލްޑަރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. ނަމަވެސް ޕްރެސްގައި ވެސް ކްލޮޕް ވަނީ ކުރީގެ ވާހަކަ ތަކުރާރުކޮށްފައެވެ. އެއީ ގެންނަ ކުޅުންތެރިޔާ ވާންޖެހޭނީ އެންމެ އެކަށީގެންވާ ކުޅުންތެރިޔާކަމަށެވެ.

ލީގުގައި ބޯންމައުތާ ދެކޮޅަށް ނިކުންނައިރު، ލިވަޕޫލް އޮތީ އުނދަގޫ ހާލަތެއްގައެވެ. ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެފައެވެ. ތިން މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު ލިވަޕޫލް އޮތީ ތާވަލްގެ 16 ވަނަ މަގާމުގައެވެ. އެހެންކަމުން ބޯންމައުތު އަތުން މޮޅުވުމަކީ ލިވަޕޫލަށް ވަރަށް މުހިންމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް