ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 07:54
ޕިއޭ އެމެެރިކް އޮބާމަޔަން
ޕިއޭ އެމެެރިކް އޮބާމަޔަން
ޓްވިޓަރ
އޮބާމަޔަންގެ ކުރިމަގު
އޮބާމަޔަން ހޯދުމުގައި ޗެލްސީ އާއި ބާސެލޯނާ އެއްބަސްވުމަކަށް ނާދެވޭ!
 
ދެ ކުލަބުގެ ދެމެދުގައި މަޝްވަރާތައް ދަނީ އަދިވެސް ކުރެވެމުން

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕިއޭ-އެމެރިކް އޮބާމަޔަން ހޯދުމުގައި ޗެލްސީ އާއި ބާސެލޯނާއާއި ދެމެދު އެއްބަސްވުމަކަށް ނާދެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލްގައި ހުރުމަށް ފަހު އޮބާމަޔަން ބާސެލޯނާއަށް ބަދަލުވީ މިއަހަރުގެ ކުރީ ކޮޅުއެވެ. އެ ޓީމަށް ބަދަލުވެ އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އޮބާމަޔަން އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.

އައު ސީޒަނަށް ބާސެލޯނާއިން ހޯދި ކުޅުންތެރިންނާއެކު އެ ޓީމުން ވަނީ ކުރީގެ ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ނިންމާފައެވެ. ބާސެލޯނާއިން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓެއް އޭރު މީޑިއާތަކުގައި އާންމުވި ނަމަވެސް، އެ ލިސްޓުގައި އޮބާމަޔަންގެ ނަމެއް ނެތެވެ. އަދި ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ގޮތުގައި ކޯޗު ޒަވީ ހެނާންޑޭޒް ހާމަކުރި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާގެ ނަމެއް ނެތެވެ.

އޮބާޔަމަން ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް މީޑިއާތަކުގައި ބުނެއެވެ. ނަމަވެސް އަދިވެސް ދެ ކުލަބުގެ ދެމެދުގައި ވާހަކަތައް ކުރިއަށްދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޮބާމަޔަން ހޯދުމަށް ޗެލްސީ އިން ހުށަހަޅަނީ އެ ޓީމަށް ކުޅެމުން އަންނަ މާކޮސް އެލޮންސޯއާއެކުއެވެ. ނަމަވެސް ބާސެލޯނާއިން ބޭނުންވަނީ އެއީ ވަކި ހުށަހެޅުމަކަށް ހެދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާއަށް ބަދަލުވެ އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 24 މެޗުގައި 13 ލަނޑު ޖަހާފައެވެ. އޮބާމަޔަން މިހާރު ވެސް އަންނަނީ ބާސެލޯނާގައި މުހިންމު އަދުރެއް އަދާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް