ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 09:25
ގެއްލުނު މީހުންގެ ހަށިގަނޑުތައް ފެނުނީ ބޯޓްގެ ހަލާކުވީ ބައިތަކަށް ވަދެވޭގޮތްވުމުން އާދީއްތަ ދުވަަހު
ގެއްލުނު މީހުންގެ ހަށިގަނޑުތައް ފެނުނީ ބޯޓްގެ ހަލާކުވީ ބައިތަކަށް ވަދެވޭގޮތްވުމުން އާދީއްތަ ދުވަަހު
ޓްވިޓަރ
ފިޒްޖެރަލްޑް އެކްސިޑެންޓް
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
ގެއްލުނު މީހުންގެ ހަށިގަނޑުތައް ފެނުނީ ބޯޓްގެ ހަލާކުވީ ބައިތަކަށް ވަދެވޭގޮތްވުމުން އާދީއްތަ ދުވަަހު

އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ފިޒްޖެރަލްޑް ޖަޕާނުގެ ކޮންޓެއިނަރ އުފުލާ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލެނު އެ މަނަވަރުގެ 7 ފަޅުވެރިން މަަރުވެފައި ވަނިކޮށް ފެނިއްޖެ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންނާއި ޖަޕާނުގެ މީޑިއާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި މި އެކްސިޑެންޓާ ގުޅިގެން ޒަޚަމްވި ތިން މީހަކު ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު ގެއްލުނު ހަތް މީހުން ހޯދުމުގެ މަސައްކަތް ވަގުތުންވަނީފަށައިފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ ގެއްލުނު މީހުންގެ ހަށިގަނޑު ފެނުނީ ބޯޓްގެ ހަލާކުވީ ބައިތަކަށް ވަދެވޭގޮތްވުމުން އާދީއްތަ ދުވަަހު ކަމަށެވެ. އެމީހުން ދެނެ ގަތުމަށް ޖަޕާނުގެ ހޮސްޕިޓަލަކަށް ގެންދެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ކޮންޓެއިނާ އުފުލާ އޭސީއެކްސް ކްރިސްޓަލް ނަމަަކަށް ކިޔާ ބޯޓާއި ނޭވީ ޑެސްޓްރޯޔަރ ފިޒްޖެރަލްޑް ޖެހިފައިވަނީ ޔޮކޮސޫކާގެ ހުޅަނގު ދެކުނުން 56 ނޯޓިކަލް މޭލު ބޭރުން ހުކުރު ދުވަހު ޖަޕާނު ގަޑިން ގާތްގަނޑަކަށް 2:30 ހާއިރުއެވެ.

ބޯޓުގެ މަތިން ނަގާފައިވާ ފޮޓޯއިން ދައްކާ ގޮތުން ކަނާތް ފަރާތުން ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ ޓޯކްޔޯ ބޭ އަށް ވަދެނުކުމެވާ އާގުބޯޓްފަހަރު ގިނަ ކަމުން ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

ނަމަވެސް ޔޫއެސްއެސް ފިޒްޖެރަލްޑްއަކީ ދެނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ވަރުގަދަ އެއް ރާޑަރ ސިސްޓަމް ހަރުކޮށްފައިވާ އުޅަނދެވެ.

ކާގޯ އުފުލާ 200 މީޓަރުގެ ދިގު ބޯޓް ޖެހުނު އިރު ކްރޫއިންނަށް އޭގެން ނުރެކެވެމުން ވަނީ ސުވާލު އުފެދިފައެވެ.

ޖަޕާނުގެ ނޭޝަނަލް ބްރޯޑްކާސްޓަރ އެންއެޗްކޭ ބުނާ ގޮތުން ކާގޯ ބޯޓްގެ ދިރުނބާ ކޮޅަށް ލިބުނު ކުޑަ ގެއްލުމެއް ފިޔަވައި އެ ބޯޓަށް އިތުރު ގެއްލުމެއް ވެފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް