ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 11:08
ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ ދިދަ
ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ ދިދަ
ސައުދީގެޒެޓް
ސައުދީ އިންވެސްޓްމަންޓް
ސައުދީ އަރަބިއްޔާއިން ޕާކިސްތާނުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް
 
މިއީ ޕާކިސްތާންގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ވެދޭ އެހީ އެއްކަމަށް އެގައުމުން ބުނެފައިވޭ

ސައުދީ އަރަބިއްޔާއިން ޕާކިސްތާނުގައި އެއްބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިރުޝާދު ދެއްވައިފިއެވެ. މިކަމަކީ ޕާކިސްތާންގެ ރައްޔިތުންނަށާއި އަދި އެގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ސައުދީއިން ވެދޭ އެހީއެއްކަމަށް ސައުދީ ޕްރެސް އޭޖެންސީ އިން ބުނެފައިވެއެވެ.

ސައުދީ ސަރުކާރުގެ ނިންމުން މިހާރުވަނީ ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ޕާކިސްތާންގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޯ ޒަރދާރީއަށް ދަންނަވާފައެވެ. ދެބޭފުޅުން ބުރާސްފަތި ދުވަހު ފޯނުން ބައްދަލުކުރައްވާ ވަނީ އެދެގައުމު ދެމެދު އޮތް ވަރުގަދަ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެބޭފުޅުން ޝައުގުވެރިވެ ވަޑައިގަންނަވާ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
33%
0%
33%
ކޮމެންޓް