ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 08:26
ވާރޭގެ ތެރޭގައި މީހަކު ކުޑަ ނަގައިގެން ހިނގާފައި ދަނީ
ވާރޭގެ ތެރޭގައި މީހަކު ކުޑަ ނަގައިގެން ހިނގާފައި ދަނީ
ރާއްޖެއެމްވީ
މޫސުން
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފި
ވައިޓް އެލަރޓް ނެރެފައިވަނީ ހއ. އިން ފ. އަތޮޅަށް އަދި ކ. އިން އައްޑޫ ސިޓީ އާ ހަމައަށް
އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 2:00 އާ ހަމައަށް

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން، ހއ. އިން ފެށިގެން ފ. އަތޮޅަށް އަދި ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަައަށެވެ. އެ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00ން ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެލަރޓުގެ މުއްދަތުގައި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ހުރިހާ ރަށަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެލަރޓުގެ މުއްދަތުގައި ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އެގޮތުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުފަތުރު ކުރުމަށާއި އުޅަނދުގައި ހުންނަންޖެހޭ ހުރިހާ ސާމާނެއް ފުރިހަމަކޮށްފައި ހުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

- ކޮމެންޓް