ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 16:19
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޞާލިޙް ގައުމީ އިނާމު ދެއްވަނިކޮށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޞާލިޙް ގައުމީ އިނާމު ދެއްވަނިކޮށް
ރައީސް އޮފީސް
ޚާއްސަ އިނާމަށް ނަން ހުށަހެޅުން
ޚާއްޞަ އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަނީ
މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވާގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.

މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް "ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު" 7960844 ނަންބަރު ފޯނަށް މެސެޖްކުރާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

- ކޮމެންޓް