ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:55
ލިވަޕޫލްގެ ކޯޗު ކްލޮޕް
ލިވަޕޫލްގެ ކޯޗު ކްލޮޕް
އިނގިރޭސި ޕްރިމިއަރ ލީގު
ލިވަޕޫލް އޮތް ހާލަތާމެދު ކޯޗު ކްލޮޕްގެ ކަންބޮޑުވުން
ޔުނައިޓެޑުން މެޗު ފެށިތަން ފެނުނީ ވެސް ލިވަޕޫލަށްވުރެ ވަރުގަދަކޮށޭ ބުނެވިދާނެ

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 އިން ބަލިވި ފުޓުބޯޅަ މެޗަށްފަހު، ލިވަޕޫލް އޮތް ހާލަތާމެދު ކޯޗު ޔާގަން ކްލޮޕް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެޗަށްފަހު ކްލޮޕް ބުނީ ނަތިޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ޓީމު އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ. ކްލޮޕް ބުނީ އެ މެޗުގައި ޔުނައިޓެޑުން ކަންތައް ކުރާނެ ގޮތް ސާފުކަމަށެވެ. ކްލޮޕް ބުނީ ޔުނައިޓެޑުން މެޗު ފެށިތަން ފެނުނީ ވެސް ލިވަޕޫލަށްވުރެ ވަރުގަދަކޮށޭ ބުނެވިދާނެ ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ޔުނައިޓެޑުން ކުޅުނީ އެ މީހުން ބޭނުންވާ ގޭމް ކަމަށާއި، ލިވަޕޫލްގެ މައްސަލަ އޮތޭ ބުނެވޭނެ ޖާގަ އޮތް ކަމަށެވެ.

ކްލޮޕް ބުނީ ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ލިވަޕޫލުން މަސައްކަތްކޮށްގެން ކުޅުނު ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭނުން ނުކުރެވިފައެވެ. އޭނާ ބުނީ މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑަކީ ހައްގު ލަނޑެއް ކަމަށާއި، ނަމަވެސް ލަނޑު ޖެހުންލެއް ލަސްވީ ކަމަށެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަ، ޔަގީނުން ވެސް މެޗުން މޮޅުވާނެ ކަމަށް ވެސް ކްލޮޕް ބުންޏެވެ.

މީގެ އިތުރުން ކްލޮޕް ބުނީ ދަނޑު މަތީގައި ދެބަސްވުންތަކެއް ފެނުނު ކަމަށާއި، ނަމަވެސް ޓީމުގައި އެކަމުގެ އަސަރެއް ނެތް ކަމަށެވެ. މެޗަކުން ބަލިވުމަކީ އެއްވެސް މީހަކު ހިތްހަމަޖެހޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން ކްލޮޕް ބުނީ، އެކަމަށް ދައްކާނެ އުޒުރެއް ވެސް ނޯންނާނެ ކަމަށެވެ.

ލީގުގައި ލިވަޕޫލުން ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ޔުނައިޓެޑް އަތުން ބަލިވީއިރު، ކުރީ ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ލީގުގައި ލިވަޕޫލަށް ދެން އޮތީ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް