ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 20:17
ރެއާލް އަށް ކުޅެމުން އަންނަ ޕެޕޭ
ރެއާލް އަށް ކުޅެމުން އަންނަ ޕެޕޭ
ގޫގުލް
ޕެޕޭ ޕީއެސްޖީއަށް
ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި
މި ސީޒަނަށްފަހު ޕެޕޭ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ

މި ސީޒަނަށްފަހު ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ބުނީ ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ވަރަށް އަވަހަށް އެ ކްލަބުން އޭނާ އަށް ބިޑްކުރާނެ ކަމަށެވެ.

މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަން ޕެޕޭ އިއުލާންކޮށްފައިވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާ އަދި އެމެރިކާގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

އުމުރުން 34 އަހަރުގެ ޕެޕޭ ހޯދުމަށް ޖެނުއަރީ ޓްރާންސްފާގައިވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެފަހަރު އޭނާ ވަނީ ކްލަބްތަކުން ހުށަހެޅި ހުށަހެޅުންތައް ރިޖެކްޓްކޮށްލާފައެވެ.

ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ޕެޕޭ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 10 ސީޒަނުގައި 233 މެޗު ކުޅެދީ 15 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލިގު، ޔުއެފާ ސުޕާކަޕް، ފީފާ ކްލަބް ވޯލްޑްކަޕް، ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.

މީގެއިތުރުން އޭނާ ވަނީ ޕޯޗުގަލް ޓީމާއެކު ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެ އެ މުބާރާތް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. އެ މުބާރާތަކީ ޕޯޗުގަލް އިން އެޓީމުގެ ފުޓުބޯޅަ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބައިނަލްއަގުވާމީ ތައްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް