ލ.ކުނަހަންދޫ ކައުންސިލް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ރޮމްބަސް ކްރިކެޓް ކާނިވަލްގައި ޓެޕްކޮން ބަލިކޮށް ބައިސަން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވެގެން ޓެޕްކޮން އިން ގަސްތުކުރީ ހޮވާށެވެ. އެގޮތުން ބައިސަން ޓީމުން ވަނީ ކުޅެން އަރާ 12 އޯވަރު ތެރޭގައި 101 ލަނޑު ހަޑާފައެވެ. ބައިސަން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އަލީ އާޒިމް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އަލީ އާޒިމް އެވެ.
ޖަވާބުގައި ޓެޕްކޮން އިން ވަނީ ކުޅެން އަރާ 12 އޯވަރު ތެރޭގައި ނުވަ ވިކެޓަށް 100 ލަނޑު ހަދާފައެވެ. ޓެޕްކޮން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑު ހެި ހަލީމަތު ލައިޝާ އާއި 22 ލަނޑު ހެދި ނާއިލާ އިބްރާހިމް އެވެ.
މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ޓީމުތަކަށް އިނާމުދިނުމަށް ހަމަޖެހިފައިވަނީ ރޮމްބަސް ކުޅިވަރު ކާނިވަލްގެ ފުޓުބޯޅަ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައެވެ.