Advertisement
ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 17:43
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ޕާޓީގެ ލީޑަރުން ރިޔާސަތުގައި
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ޕާޓީގެ ލީޑަރުން ރިޔާސަތުގައި
އެމްޑީޕީ
އެމްޑީޕީ ކޮންގްރެސް 2022
ކޮންގްރެސް ނިމިގެންދަނީ ފުރިހަމަ މެޗުއަރ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން: ރައީސް ސާލިހް
ޚިޔާލު ތަފާތުވުންތަކާއެކު ވެސް ޕާޓީ އެކުގައި ކުރިއަށްދާނެކަން ހާމަވެއްޖެ
ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް
ރައީސް ނަޝީދު ޤަރާރު ކުރިއަށް ނުގެންދަވަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް

ކޮންގްރެސް ނިމިގެންދަނީ ފުރިހަމަ މެޗުއަރ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިޒާމީ ވޯޓަކަށް ދިއުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރު ކުރިއަށް ނުގެންދަވަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުވުމެއް ކަމަށެވެ.

ކޮންގްރެސް ފެށިއިރު މާހައުލު އޮތް ގޮތް އެންމެނަށް ވެސް އެނގޭނެ ކަމަށާއި އެ ޓެންޝަން ޕާޓީގެ ތެރޭގައި އޮތް ކަމަށެވެ.

ކޮންމެ މީހަކީ ވެސް ތަފާތު ފިކުރުތަކާއި ތަފާތު ޚިޔާލުތައް ހުންނަ މީހެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެކަންތައްތައް އެއްކިބާކުރުމަށްފަހު ޕާޓީއާއެކު ކުރިއަށްދާން ތިބިކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށެވެ.  

ރައީސް ވިދާޅުވީ ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށާއި އެންމެން ނިކުމެގެންދާނީ ވަރަށް އުފަލުން ތިބެގެން ކަމަށެވެ.

Advertisement

ވިސްނުން ދެން ބަހައްޓަންވީ އަމާޒު ހިފަންވީ ރިޔާސީ އިންތިޚާބަށް ކަމަށާއި އެކަތިގަނޑެއްގެ ގޮތުގައި ތިބެ ވާދަވެރި އިންތިޚާބުގައި އެންމެން އެއް އަޒުމެއްގައި ނިކުންނަވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީން ކެންޓިޑޭޓެއް އޮންނަ އުސޫލުގެ ތެރެއިން ކަނޑައަޅާ، އެ ކެންޑިޓޭޓް ހޮވަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީ އަކީ ބޮޑު، ތާއީދު ބޮޑު އަދި ސިޔާސަތު ފުރިހަމަ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންގްރެސް އިން ފެނިގެން ދިޔަ ކަމަކީ ޚިޔާލު ތަފާތުވުންތަކާއެކު ވެސް ޕާޓީ އެކުގައި ކުރިއަށްދާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް