ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 09:48
އުމްޓީޓީ
އުމްޓީޓީ
އުމްޓީޓީގެ ކުރިމަގު
ބާސެލޯނާގެ އުމްޓީޓީ އިޓާލިއަން ލީގަށް
ބާސެލޯނާއާއި ލީސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުމްޓީޓީ ލީސްއަށް ދަތުރުކުރާނެ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އިޓާލިއަން ލީގުގެ ލީސްއަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އައު ސީޒަނަށް ބާސެލޯނާއިން ހޯދި ގިނަ ކުޅުންތެރިންނާއެކު އެ ފުޓުބޯޅަ ޓީމުން ނިންމީ ކުރީގެ ބައެއް ކުޅުންތެރިން ދޫކޮށްލުމަށެވެ. އޭގެ ތެރޭގައި އުމްޓީޓީ އަކީ ހިމެނޭ ކުޅުންތެރިޔެކެވެ. ދޫކޮށްލަން ނިންމި ކުޅުންތެރިންނަށް ބާސެލޯނާއިން ވަނީ ބަދަލުވާނެ ކުލަބެއް ހޯދުމަށް އަންގާފައެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލީސް އަށް ބަދަލުވުމާ ގުޅޭ ގޮތުން އެ ޓީމުން މިހާރު ވަނީ އުމްޓީޓީއާއެކު އެއްބަސްވުމަކަށް އާދެވިފައެވެ. މީގެ އިތުރުން ބާސެލޯނާއާއި ލީސްއާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުމްޓީޓީ ލީސްއަށް ދަތުރުކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ލިއޯން އިން ސީނިއަރ ކެރިއަރު ފެށި އުމްޓީޓީ ބާސެލޯނާއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 133 މެޗުގައި ދެ ލަނޑު ޖަހާފައެވެ. އުމްޓީޓީ ވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގާއި، ކޮޕަ ޑެލްރޭގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް