ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 07:41
އިންޓަ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އިންޓަ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގު
ސްޕެޒިއާ ބަލިކޮށް އިންޓަ މިލާން އެއްވަނަ އަށް
 
އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 3-0 އިން

އިޓާލިއަން ލީގުގައި ސްޕެޒިއާއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން މޮޅުވެ އިންޓަ މިލާން ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. މެޗު ފަށައިގެން އިންޓަ އިން ލަނޑު ޖެހުމަށް ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބުކުރެވުނީ 35 ވަނަ މިނެޓުގައެވެ. އެއީ ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން ލަޓާރޯ މާޓިނޭޒް ޖަހައިދިން ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އިންޓަ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. 52 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ހަކަން ޗަނޮނޮގްލޫއެވެ. އިންޓަގެ ފަހު ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ޔަކީން ކޮރެއާއެވެ.

ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ލިބުނު ހަ ޕޮއިންޓާއެކު އިންޓަ އޮތީ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް ލާޒިއޯ އަށް ލިބެނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. ތިން ވަނަ މަގާމުގައި ޓޮރީނޯ އޮތް އިރު، ހަތަރު ވަނަ މަގާމުގައި އޮތީ އެއް މެޗު ކުޅެގެން އޮތީ ނަޕޯލީއެވެ. ފަސް ވަނަ މަގާމުގައި ޔުވެންޓަސް އާއި ހަ ވަނަ މަގާމުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ވެސް ކުޅެފައިވަނީ އެއް މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް