ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 08:42
ޑެނީ ވެލްބެކް
ޑެނީ ވެލްބެކް
ޓްވީޓަރ
ޑެނީ ވެލްބެކްގެ ކުރިމަގު
ބްރައިޓަންއާއެކު ހަދާފައިވާ އެއްބަސްވުން ޑެނީ ވެލްބެކް އައުކޮށްފި
އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ޑެނީ ވެލްބެކް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ވަޓްފޯޑު ދޫކޮށް 2020 ވަނަ އަހަރު ވެލްބެކް ބްރައިޓަންއަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ވަނީ ދެ އަހަރަށް އިތުރުކޮށްފައެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ވެލްބެކް އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2008 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޕްރެސްޓަން ނޯތު އެންޑާއި ސަންޑަލެންޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ. އެއަށްފަހު 2014 ވަނަ އަހަރު އޭނާ ބަދަލުވީ އާސެނަލަށެވެ. އެ ޓީމަށް ފަސް އަހަރު ކުޅެދިނުމަށްފަހު، 2019 ވަނަ އަހަރު ބަދަލުވީ ވަޓްފޯޑަށެވެ. އެ ޓީމުގައި އެއް އަހަރު ހޭދަކުރުމަށްފަހު ދެން ބަދަލުވީ ބްރައިޓަންއަށެވެ.

ވެލްބެކް ވަނީ މިހާތަނަށް ބްރައިޓަންއަށް 53 މެޗު ކުޅެދީ، 12 ލަނޑު ޖަހައިދީފައެވެ. ވެލްބެކް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އިންގްލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އެ މުއްދަތުގައި ގައުމީ ޓީމަށް އޭނާ ކުޅެދިން 42 މެޗުގައި 16 ލަނޑު ޖަހާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް