ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 07:48
ނަބާހާއާއި ނަބީހާ - ކޯޗު ނަޝްފާންއާއެކު
ނަބާހާއާއި ނަބީހާ - ކޯޗު ނަޝްފާންއާއެކު
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވޯލްޑް ޗެމްޕިއަންޝިޕް
ނަބާހާއާއި ނަބީހާ ވޯލްޑް ޗެމްޕިއަންޝިޕަށް
މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 22ން 28ށް

ޖަޕާނުގެ ޓޯކިޔޯގައި އޮންނަ ބީޑަބްލިޔުއެފް ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ) ފުރައިފިއެވެ.

މުބާރާތުގައި ވާދަކުރުމަށް މި ދެ ކުޅުންތެރިން ފުރާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މުބާރާތުގައި މި ދެ ކުޅުންތެރިންނަށް އިރުޝާދު ދޭނީ ނަޝްފާން މުހައްމަދެވެ. ނަޝްފާނަކީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ލެވެލްގައި ކުޅެފައިވާ، އަދި މިހާރު ރިވައިވަލް ސްޕޯޓްސް ކުލަބްގެ ކޯޗެވެ.

މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރު ސްޕެއިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނެވެ. ނަމަވެސް ވިސާގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން އެ އަހަރުގެ މުބާރާތަށް ކުޅުންތެރިންނަށް ދެވޭގޮތެއްނުވިއެވެ.

ނަބާހާއާއި ނަބީހާއަކީ ބެޑްމިންޓަންއިން ދިވެހިރާއްޖެއަށް އެތައް ކާމިޔާބީތަކެއް ހޯދައިދީފައިވާ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވަނީ ބައިނަލްއަަގުވާމީ އެކިއެކި މުބާރާތްތަކުން ޖުމްލަ 9 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަން މެޑަލްއަކާއި، 4 ރިހި މެޑަލް އަދި 4 ލޯ މެޑަލްއެވެ.

މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 22ން 28އަށެވެ.

- ކޮމެންޓް