Advertisement
ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 22:26
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރައީސް ޞާލިޙް (ކ) އަދި ރައީސް ނަޝީދު (ވ)
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރައީސް ޞާލިޙް (ކ) އަދި ރައީސް ނަޝީދު (ވ)
އަޒްމީން / ޓްވިޓަރ
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ – ރައީސް ޞާލިޙް
ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތަކަށް ވާއިރު، އަނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ
އޮތް ހަމައެކަނި ގޮތަކީ، ޚިޔާލު ތަފާތުވުންތަކާ، ތަފާތު ޚިޔާލުތަކާއެކުގާ ކުރިޔަށް ދިއުން

އެމްޑީޕީގައި ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހުގެރޭ ވާހަކަފުޅު ދައްވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތަކަށް ވާއިރު، އަނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ ކަމަށެވެ.

Advertisement

ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ޚިޔާލު ތަފާތުވުންތަކާ، ތަފާތު ޚިޔާލުތަކާއެކުގައި ކުރިޔަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ލިބުނު ތަޖުރިބާތަކާ، ކުރެވިފައި ހުރި ކަންކަމާއި، ނުކުރެވި، ކޮންމެހެން ނިންމަން ޖެހޭ ކަންކަމުގެ މައްޗަށް މިއަދު ވިސްނަންޖެހޭ ކަމަށެވެ. މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އަދި އަވަސް މަސައްކަތަކީ އެމްޑީޕީ އެމަގުން ދިއުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނިންމަން ޖެހޭ ނިންމުންތަކާއި، އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި، ރާވަންޖެހޭ ރޭވުންތައް ކުރިޔަށް ރާވާ އިންތިޒާމް ކުރުން ކަމަށެވެ.

މިދެންނެވި މަރުޙަލާއަށް ފަށާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް މުހިއްމު އެއްކަމެއް އަޅުގަނޑަށް އެބަފާހަގަވޭ. އެމްޑީޕީ އުފެދުނު ދުވަހު، ދުނިޔެއަށް އުފަންވި ކުއްޖާ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތީޚާބުގައި އެބަ ވޯޓުލާ. އަޅުގަނޑުމެން މިކިޔާ 'ޖެން-ޒީ' މިއަދު އެތިބީ ބަސްބުނާ އުމުރަށް ހިންދެމި ގާނޫނީ ވަކި ދިވެހި ފަރުދަކަށްވެފަ. އެޖީލުގެ ބޭނުންތަކާ އުއްމީދުތައް މީގެ 17 އަހަރު ކުރިޔާ ވަރަށް ތަފާތު. ކަންކަމުގާ ދެކޭގޮތް ބަދަލުވެއްޖެ. އެ ޖީލަށްޓަކާ މިދުވަސް ހޯދަން އެމްޑީޕީން އޭރުކުރި މަސައްކަތާ ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅާއިރު، އެކުދިންގެ ވިސްނުމާއި ފިކުރާއި އެއްކީލި ވާން ޖެހޭ ކަމަށެވެ. ގައުމިއްޔަތުގެ ހުރިހާ ބަހާއެއް އެޖީލަށް ވާރުތަވާނެ ގޮތް އަޅުގަނޑުމެން ހަދަން ޖެހޭ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކަލުން އެކުދިންނަށް މި ރާއްޖެ ސަލާމަތްކޮށްދޭން ޖެހޭ ކަމަށާއި، އެއީ ކުރިމަގުގައި މިޤައުމު ހިންގަން ތިބި ލީޑަރުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް