Advertisement
ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 21:49
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ
އަޒްމީން / ޓްވިޓަރ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
އެމްޑީޕީއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް – ރައީސް ޞާލިޙް
ބައިނަލްއަޤުވާމީ ދުނިޔެއަށް، އެމްޑީޕީގެ ނަން އިޢުލާނުކޮށްދެއްވި، ޕާޓީގެ އެއްފައުންޑަރ، މެމްބަރ މުޙައްމަދު ލަޠީފްގެ ހަނދާން ރައީސް އާކުރެއްވި
އެމްޑީޕީ އުފެދުމަށްފަހު، ޖެހިގެންއައި ރިޔާސީ އިންތިޚާބުގާ "ބަދަލަކަށް އެންމެން" މި ޝިއާރުގެ ދަށުން އޭރުގެ ޒުވާނުން ކުރިއަށް ނިކުމެ އެބަދަލު ގެނައީ، ވަޠަން އެގޮތަށް އެދޭތީ
އެމްޑީޕީ ވުޖޫދުވެ މިހިސާބަށް ވާޞިލުވުމުގާ ޝާމިލްވާ ގިނަ ދިވެހިރައްޔިތުންގެ މިންނެތް ބުރަމަސައްކަތުގެ އަގުކުރުމަކީ މުސްތަޙިއްލު ކަމެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތްކަމަށް އެ ޕާޓީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމްޑީޕީ ރަޖިސްޓްރީވެގެން ހަރަކާތްތެރިވާން ފެށިތާ 17 އަހަރު، މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ފުރިއްޖެ ކަމަށެވެ. މިފާއިތުވި މުއްދަތުގެ ތެރެއިން، މިއަދު އަޅުގަނޑުމެން އެއްވެ މިތިބީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ކަމަށެވެ. އެމްޑީޕީ ވުޖޫދުވެ މިހިސާބަށް ވާޞިލުވުމުގާ ޝާމިލްވާ ގިނަ ދިވެހިރައްޔިތުންގެ މިންނެތް ބުރަމަސައްކަތުގެ އަގުކުރުމަކީ މުސްތަޙިއްލު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ރެސްޓޯރެންޓުގައި ހުންނަ ވޭޓަރުން ފެށިގެން ވިޔަފާރިވެރިންނާއި، މަޖޫރީންނާއި އަދި އޮޑިދޯނިފަހަރުގެ ފަޅުވެރިންނަކީވެސް މި ޕާޓީ އުފެއްދުމުގައި އަދާކުރި ދައުރަށްޓަކާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރެސޯޓެއްގެ ރެސްޓޯރެންޓްގާ ހުންނަ، ވޭޓަރު ދެކެނީ، މިޕާޓީ އުފެއްދުމުގާ އޭނާގެ ދައުރު ނުހަނު ބޮޑުކަމުގަ. ކަސްޓަމްސް ކައިރިން އެތާތިބޭ މަޖޫރީން ދައްކަނީ އެމްޑީޕީ އުފެއްދުމުގާ އެމީހުން ވީ ޤުރުބާނީގެ ވާހަކަ. ބާޒާރުމަތިން ވިޔަފާރިވެރިންވެސް އެމީހުންގެ ވިޔަފާރި ނުރައްކަލަށް ހުށަހަޅާ އަދާކުރި ދައުރުގެ ވާހަކަ ފަހުރުވެރިކަމާއެކު ދައްކާ. މަސްވެރިންނާ ދަނޑުވެރިން، މިއުޒިޝަނުންނާ އާރޓިސްޓުންނާ ނޫސްވެރިން، ޓެކްސީ ޑްރައިވަރުންނާ އޮޑިދޯނި ފަހަރުގެ ފަޅުވެރިންނާ ނެވިން، މިހެންގޮސް މި ލިސްޓް ކިތަންމެ ދިގުކޮށްވެސް ކިއިދާނެ. އެ އެންމެންވެސް މި ޕާޓީ އުފެއްދުމުގާ އަދާކުރި ދައުރަށްޓަކާ ފަހުރުވެރިވޭ. އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެނުން އަދާކުރި ހިތްވަރުގަދަ ދައުރުގެ ވާހަކަ ދައްކަނީ އުފަލާ ފަޚުރުވެރިކަމާ އެކު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މިއިން ކޮންމެ މީހަކުވެސް ދެކޭ ގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީ ކަމަށެވެ. މިއީ ހަމަ ތިޔަހުރިހާ ބޭފުޅުންގެވެސް ޕާޓީ ކަމަށާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވާ އާލާކޮށް ދަމަހައްޓާފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އުފެދުމަށްފަހު، ޖެހިގެންއައި ރިޔާސީ އިންތިޚާބުގާ "ބަދަލަކަށް އެންމެން" މި ޝިއާރުގެ ދަށުން އޭރުގެ ޒުވާނުން ކުރިއަށް ނިކުމެ އެބަދަލު ގެނައީ، ވަޠަން އެގޮތަށް އެދޭތީ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތާރީޚީ މަހައްލަށް ޖަމާވެ ތިބޭއިރު، އަޅުގަނޑުމެންގެ އުފަލާ ހިތާމަޔާ، ކާމިޔާބާއި ނާކާމިޔާބުގެ ހުރިހާ އިޙްސާސް މިއަދު އެކީ އެއްފަހަރާ ހިމޭން ކުރުވާ ސަބަބެއް  އެބައޮތް ކަމަށެވެ.

އެއީ 2003 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު، ސްރީލަންކާގެ ކޮޅުނބުގައި، ބައިނަލްއަޤުވާމީ ދުނިޔެއަށް، އެމްޑީޕީގެ ނަން އިޢުލާނުކޮށްދެއްވި، ޕާޓީގެ އެއްފައުންޑަރ، މެމްބަރ މުޙައްމަދު ލަޠީފް (ގޯގޯ ލަޠީފް) ވަކިވެގެން ދިޔުމުގެ ހިތާމަ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް