ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 06:58
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓް
ވަން އޮންލައިން
ވިނަރެސްގެ ކޮމާޝަލް ޔުނިޓްތައް ހުޅުވާލުން
ވިނަރެސްގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނެގުމަށް ހުޅުވާލައިފި
ވިނަރެސްގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނޭއިރު އެ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯ ހާއްސަ ކޮށްފައި ވަނީ ވިޔަފާރި ބޭނުމަށް
މި ވަގުތު ހުޅުވާލާފައި ވަނީ މަސް ފިހާރައަކާއި ކާބޯތަކެތި ވިއްކާ ދެ ފިހާރައެއް ހިންގާނެ ބަޔަކު ހޯދުމަށް

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓް ޓަވަރު ތަކުގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

އެޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމުން އެޗްޑީސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވިނަރެސް ފްލެޓްގައި ވިޔަފާރީގެ ބޭނުމަށް ހާއްސަ ކޮށްފައިވާ ޔުނިޓްތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެޗްޑީސީ އިން ބުނީ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށައެޅޭނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ މެންދުރު 1:00 އާއި ހަމައަށް ކަމަށެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުން ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 ން 2:00 އަށެވެ. އަދި 2:00 ގައި އެ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނެ ކަމަށް ވެސް އެ އެޗްޑީސީން ބުނެއެވެ. ބިޑް ސެކިއުރިޓީއަކީ 5،000ރ. އެވެ.

ވިނަރެސްގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނޭއިރު އެ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯ ހާއްސަ ކޮށްފައި ވަނީ ވިޔަފާރި ބޭނުމަށް ކުއްޔަށް ދޫކުރާށެވެ. މި ވަގުތު ހުޅުވާލާފައި ވަނީ މަސް ފިހާރައަކާއި ކާބޯތަކެތި ވިއްކާ ދެ ފިހާރައެއް ހިންގާނެ ބަޔަކު ހޯދުމަށެވެ.

ވިނަރެސް ފްލެޓުގެ ކޮމާޝަލް ޔުނިޓް ތަކުން މި ވަގުތު ދޫކުރަނީ 702 އަކަފޫޓުގެ ދެ ޔުނިޓެވެ. މަސް ފިހާރަ ހަދަން ދޫކުރަނީ 2280.12 އަކަފޫޓުގެ ތަނެކެވެ.

މަސް ފިހާރަ ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުން 30 ވަނަދުވަހުގެ ނިޔަލަށެވެ. އެޗްޑީސީއަށް ގޮސްގެން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނާނީ 30 ވަނަ ދުވަހުގެ މެންދުރު 1:00 ން 2:00 އާއި ހަމައަށެވެ. އަދި 2:00 ޖަހާއިރު ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް