ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 08:16
އޮބާމަޔަން
އޮބާމަޔަން
ޓްވިޓަރ
ޓްރާންސްފާ މާކެޓު
އޮބާމަޔަންގެ ފޯކަސް ހުރީ ޗެލްސީގެ ބިޑަށް
 
އޭނާގެ ފޯކަސް ހުރީ ޗެލްސީގެ ބިޑަށް، ސަބަބަކީ ޗެމްޕިއަންސް ލީގުގައި ކުޅުމަށް އޮބާމަޔަން ބޭނުންވުން

ބާސެލޯނާއަށް ކުޅެމުން އަންނަ ޕިއޭ-އެމެރިކް އޮބާމަޔަންގެ ފޯކަސް ހުރީ ޗެލްސީގެ ބިޑަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލް ދޫކޮށް މިއަހަރުގެ ޖެނުއަރީ މަހު ބާސެލޯނާއަށް ބަދަލުވި އޮބާމަޔަން ހޯދުމަށް ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރާ ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މި ދެ ކުލަބުން އޭނާ ހޯދުމުގެ މަސައްކަތް ކުރާއިރު، ބާސެލޯނާއިން ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޮބާމަޔަން މެންޗެސްޓަރ ޔުނައިޓެޑާ އެއްވެސް މަޝްވަރާއެއް ނުކުރެއެވެ. އަދި އޭނާގެ ފޯކަސް ހުރީ ޗެލްސީގެ ބިޑަށް ކަމަށާއި، ސަބަބަކީ ޗެމްޕިއަންސް ލީގުގައި ކުޅުމަށް އޮބާމަޔަން ބޭނުންވުން ކަމަށް ރިޕޯޓުތަކުގައިވެއެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ބާސެލޯނާއިން އޮބާމަޔަން ދޫކޮށްލަން ބޭނުންވި ނަމަވެސް، އެ ޓީމުގެ ކޯޗު ހަޒީ ހެނާންޑޭޒް އަދިވެސް ބޭނުންވަނީ އޮބާމަޔަން ޓީމުގައި ބަހައްޓާށެވެ.

ބާސެލޯނާއަށް ބަދަލުވެ އެ ޓީމާއެކު 2025 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދާފައިވާ އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 23 މެޗުގައި 13 ލަނޑު ޖަހާފައެވެ. ޓީމާ ގުޅުނު ފަހުން އޭނާ އަކީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
50%
50%
ކޮމެންޓް