ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 07:20
ބާސްކެޓު ޓީމު
ބާސްކެޓު ޓީމު
އަހުމަދު މަހުލޫފު
ޤައުމީ ބާސްކެޓު ޓީމު
އިންޑިއާގެ ކޭމްޕަށްފަހު އިތުރު ތަމްރީނަށް ބާސްކެޓު ޓީމު ތައިލެންޑަށް
 
ރާއްޖޭގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 އިން 30 އަށް

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތު އޭޝިއަން ބާސްކެޓް އެސޯސިއޭޝަން (ސާބާ)ގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ އަންހެން ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ތައިލެންޑަށް ފުރައިފިއެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބާސްކެޓު ޓީމުން ވަނީ އިންޑިއާގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކަށްފަހު ބާސްކެޓު ޓީމު މިހާރު ވަނީ ތައިލެންޑަށް ގޮސްފައެވެ.

މިކަން ހާމަކުރައްވާ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސާބާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި މެޑަލެއް ހޯދުމުގެ އުންމީދުގައި، ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އިންޑިއާގެ ކޭމްޕަށްފަހު އިތުރު ތަމްރީނުތަކަށް ތައިލެންޑަށް ފުރާފަައިވާކަމަށާއި، ޓީމަށް ކާމިޔާބަށް އެދޭ ކަމަށެވެ.

ރާއްޖޭގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 އިން 30 އަށެވެ. މި މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މެޑަލްއެއް ހޯދުމުވެ. މީގެ ކުރިން 2016 ވަނަ އަހަރު ރާއްޖެއިން ވަނީ ނޭޕާލްގައި ބޭއްވި ސާބާ އަންހެން މުބާރާތުން ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް މިއަހަރު ރާއްޖޭގައި ބާއްވާއިރު، ބާސްކެޓު މުބާރާތަކީ އޭގެ ތެރެއިން އެއް މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް