ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 15:07
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އަންހެން ޓީޓީ ޓީމްގެ ކާމިޔާބީ
އަންހެން ޓީޓީ ޓީމް ހޯދާ ކާމިޔާބީތަކުގައި ފިރިހެން ޓީމްގެ ހިއްސާ ވަރަށް ބޮޑު - ޝިއުރީ
ފިރިހެން ޓީމުންވެސް ދަނީ ކުރިއެރުން ހޯދަމުން

ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން ހޯދަމުން އަންނަ ކާމިޔާބީތަކުގައި ފިރިހެން ޓީމްގެ ހިއްސާ ވަރަށް ބޮޑުކަމަށް އެސޯސިއޭޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޝިއުރީ ވިދާޅުވީ، އަންހެން ޓީމުން ކާމިޔާބީއާ ހަމައަށް ވާސިލްވަނީ ފިރިހެން ޓީމާއެކު ޕްރެކްޓިސްގައި މެޗުތައް ކުޅެ ކުރިއެރުން ހޯދައިގެންކަމަށެވެ. ރާއްޖެއިން ބޭރުން ހޯދާ ތަމްރީނުތަކުގެ އިތުރުން އަބަދުވެސް މެޗުތައް ކުޅެން ލިބެނީ ފިރިހެން ކުޅުންތެރިންނާއެކު ކަމަށާއި, އެހެންކަމުން ކާމިޔާބީގައި ފިރިހެން ޓީމްގެ ހިއްސާ ބޮޑުކަން ޝިއުރީ ފާހަގަކުރެއްވިއެވެ. ޝިއުރީ ވިދާޅުވީ، ލެވެލްއަށް ބަލާއިރު ފިރިހެން ޓީމްގެ ލެވެލް އަންހެން ޓީމަށްވުރެ ރަނގަޅުވުމުން, މޮޅު ކުޅުންތެރިންނާއެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު އަންހެން ޓީމަށް އޮންނަ ކަމަށެވެ.

އެހެންވީމަ އޮޓޮމެޓިކަލީ ފިރިހެން ކުޅުންތެރިންގެ ލެވެލްއަށް އެރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. މަތީ ލެވެލްގެ ކުޅުންތެރިންނާ އެއްކޮށް ކުޅުން ވަރަށް މުހިއްމުކަމެއް އެއީ. އެކުޅުންތެރިންނާ އެއްކޮށް ގިނައިން ކުޅޭވަރަކަށް ކުޅުންތެރިންގެ އެ ބޯޅަތަކާ, އެ ސްޕީޑްތަކާ, މިހުރިހާ އެއްޗެއް މި ފަރިތަވެގެން މިދަނީ. އެހެންވީމަ މުބާރާތުގަ އެމީހުންނަށް އާކަމަކަށް ނުވޭ. އެ ސްޕީޑްގެ އޮޕޮނަންޓް ކުޅުނަސްވެސް, ރާއްޖޭގެ ކުޅުންތެރިން ރެޑީ. އެކަހަލަ އެޑްވާންޓޭޖްތަކެއް ފިރިހެން ޓީމާއެއްކޮށް ޕްރެކްޓިސްކުރީމަ ލިބިގެންދޭ. އެކަން އަންހެން ޓީމްވެސް ހަމަ ބަލައިގަނޭ. ކާމިޔާބީގެ ހަމަ ވަރަށްބޮޑު ހިއްސާއެއް ފިރިހެން ޓީމް ހިއްސާވާނެ.
އިބްރާހީމް ޝިއުރީ/ ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް

އަންހެން ޓީމް އެންމެ ފަހުން ހޯދި ކާމިޔާބީއަކީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ލޯ މެޑަލްއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ ކާމިޔާބީތައް ހޯދައިދެމުން އަންނަ ކުޅިވަރަކީ ޓީޓީއެވެ. އެކަމަކު އެކާމިޔާބީތައް ފިރިހެން ޓީޓީ ޓީމަކަށް އަދި ނުހޯދެއެވެ. އެހެން ދިމާވަނީ ފިރިހެން ޓީމަށްވުރެ މޮޅު ކުޅުންތެރިންނާ ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނެތުމުންކަން ޝިއުރީ ފާހަގަކުރެއްވިއެވެ. އެކަމަކު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ޓީމް ދެއްކި ކުޅުން ރަނގަޅު ކަމަށާއި, އެކުޅުމާމެދު ފަޚުރުވެރިވާކަމަށް ޝިއުރީ ވިދާޅުވިއެވެ.

- ކޮމެންޓް