ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 09:33
މީގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިޔުއެއްގެ ތެރެއިން
މީގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިޔުއެއްގެ ތެރެއިން
ޓްވިޓަރ
ރޮނާލްޑޯގެ ކުރިމަގު
ރޮނާލްޑޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް އޭނާ ހާމަ ކުރަނީ!
 
ފާއިތުވި މަދު ދުވަސްކޮޅުގައި އޭނާއާ ގުޅޭ 100 ޚަބަރު ލިޔެފައިވާކަމަށް ނޯޓު ކުރެވުނު، އޭގެ ތެރެއިން ތެދު ހަގީގަތަށް އޮތީ އެންމެ ފަސް ޚަބަރު

ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ އުޅޭ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަ ތަކަށް މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ ރައްދު ދީފައެވެ. އޭރު ރޮނާލްޑޯ ބުނީ، އޭނާގެ ވާހަކަ ނުދައްކާ ނަމަ މީޑިއާތަކަށް ފައިސާ ނުލިބޭ ކަމަށެވެ. މީޑިއާތަކުން ކުރާ ކަމަކީ ދޮގު ވާހަކަތައް ފަތުރައިގެން ވިޔަސް، މީހުގެ ސަމާލުކަން ހޯދުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ ދޮގު ވަހަކަތައް ފެތުރުމުގައި މީޑިއާތަކުން ކުރިއަށްދާނަމަ، ކޮންމެވެސް ދުވަހަކުން ތެދު ޚަބަރެއް ގެނެސްދެވިދާނެ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ އިންސްޓަގްރާމްގައި ރޮނާލްޑޯ ކުރި ކޮމެންޓެއްގައި ވަނީ މީޑިއާތަކުން ފަތުރަނީ ދޮގު ވާހަކަ ކަމަށް ބުނެފައެވެ. އެ ކޮމެންޓުގައި ރޮނާލްޑޯ ބުނީ ވަރަށް އަވަހަށް އޮންނަ އިންޓަވިޔުއެއްގައި ތެދު ހަގީގަތް އެނގޭނެ ކަމަށެވެ. މީޑިއާތަކުން ދޮގު ޚަބަރު ފަތުރާކަން ފާހަގަކޮށް އޭނާ ބުނީ، ފާއިތުވި މަދު ދުވަސްކޮޅުގައި އޭނާއާ ގުޅޭ 100 ޚަބަރު ލިޔެފައިވާކަމަށް ނޯޓު ކުރެވުނު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޭގެ ތެރެއިން ތެދު ހަގީގަތަށް އޮތީ އެންމެ ފަސް ޚަބަރު ކަމަށެވެ.

ރޮނާލްޑޯ މިހެން ބުނެފައިވާއިރު އޭނާ ވަނީ ޔުނައިޓެޑު ދޫކޮށްލަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތަށް ނިންމައި ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ހުރުމަށްފަހު، ފަރިތަކުންތަކުގައި ބައިވެރިވާން ފެށީ ބަދަލުވާނެ ކުލަބެއް ހޯދުމުގައި ދަތިތަކާ ކުރިމަތިވުމުން ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
20%
40%
0%
0%
20%
ކޮމެންޓް