ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 09:32
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ޓްވިޓަރ
ޔުނައިޓެޑުގައި ރޮނާލްޑޯގެ ކުރިމަގު
"ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލައިފި ނަމަ، ޓީމު ދާނީ ލީގު ފުލަށް!"
 
ޔުނައިޓެޑުގައި މިހާރު އޮތް މައްސަލައަކީ ޓީމު ބަލިވެއްޖެނަމަ، ރޮނާލްޑޯ ގޯސްވުން

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލައިފިނަމަ، އެ ޓީމު ދާނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލަށް ކަމަށް ގެރީ ނެވިލް ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑަށް ކުޅެދީފައިވާ އެ ޓީމުގެ ލެޖެންޑު މިހެން ބުނީ ޔުނައިޓެޑުގައި ރޮނާލްޑޯގެ ކުރިމަގާ ގޫޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އައު ސީޒަން ފަށައިގެން ޔުނައިޓެޑުގެ ފަރާތުން ފެންނަނީ ދަށް ކުޅުމެކެވެ. މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ނިމުނު ސީޒަނަށްފަހު ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަމަށް ކުލަބުގެ އިސްވެރިންނަށް އަންގާފައެވެ. ނަމަވެސް ބަދަލުވާނެ ކުލަބެއް ހޯދުމުގައި ދަތިވެ އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވެފައެވެ.

ރޮނާލްޑޯއާއެކު ކުރިން ޔުނައިޓެޑަށ ކުޅެފައިވަނާ ނެވިލް ބުނީ ރޮނާލްޑޯ ޓީމު ދޫކޮށްލައިފި ނަމަ، ބޮޑު ގެއްލުމެއް ޔުނައިޓެޑަށް ލިބޭނެ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގައި މިހާރު އޮތް މައްސަލައަކީ ޓީމު ބަލިވެއްޖެނަމަ، ރޮނާލްޑޯ ގޯސްވުން ކަމަށެވެ. އޭނާ ބުނީ ދަނޑު މަތީގައި ލަނޑު ޖަހާނެ ރަނގަޅު ގޮތެއް ޔުނައިޓެޑުގެ ނެތް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ނެވިލް ބުނީ، ޔުނައިޓެޑުން އިތުރު ކުޅުންތެރިން ނުގެނެސްފި ނަމަ، ނުވަތަ ގެންނަ ކުޅުންތެރިންނަކީ ދަށް ފަންތީގެ ކުޅުންތެރިންނަށް ވެއްޖެނަމަ، ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލާ ހާލަތެއްގައި ޓީމު އޮންނާނީ ލީގުގެ ފުލުގައި ކަމަށެވެ.

ނެވިލް މިގޮތަށް ވާހަކަ ދައްކާފައިވާއިރު، ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ވެސް ބުނީ އެ ޓީމަށް އިތުރު ކުޅުންތެރިން ގެންނަންޖެހޭކަން ސާފު ކަމަށެވެ. ނަމަވެސް މިވަގުތު އެކަމާ ވިސްނުމަށްވުރެ، އޭނާގެ ވިސްނުން ހުރީ ޓީމު އޮތް ހާލަތު ބަދަލު ކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
31%
31%
0%
15%
8%
15%
ކޮމެންޓް