ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 07:02
ބާސްކެޓު ޓީމުން ކުޅުނު މެޗުގެ ތެރެއިން
ބާސްކެޓު ޓީމުން ކުޅުނު މެޗުގެ ތެރެއިން
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ފަހު ދެ މެޗުން ވެސް ތްރީ އޮން ތްރީ ބާސްކެޓު ޓީމަށް ނާކަމިޔާބު
ފަހު ދެ މެޗުގައި ރާއްޖެ ބަލިވީ މޮރިޓޭނިއާ އަދި ގުޔާނާ އަތުން

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތްރީ އޮން ތްރީ ބާސްކެޓުގެ ފަހު ދެ މެޗުގައި ރާއްޖޭގެ ބާސްކެޓު ޓީމު ބަލިވެއްޖެއެވެ.

ގޭމްސްގެ ފުރަތަމަ ދެ މެޗުގައި ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެއީ ފުރަތަމަ މެޗުގައި ޔޫގާންޑާ އަތުން 20-07 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި އީރާން އަތުން ބަލިވީ 21-04 އިންނެވެ.

ތިން ވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެއިން ނުކުތީ މޮރިޓޭނިއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް ފުރަތަމަ ދެ މެޗުގެ ނަތީޖާއަށްވުރެ މި މެޗުގައި ރާއްޖެއިން ސްކޯ ކުރި ވަރު ރަނގަޅެވެ. މޮރިޓޭނިއާ އަތުން ރާއްޖެ ބަލިވީ 21-09 އިންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ނުކުތީ ގުޔާނާއާ ދެކޮޅަށެވެ. މި މެޗުގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ސްކޯތަކެއް ކޮށްފައެވެ. ރާއްޖޭގެ މައްޗަށް ގުޔާނާ ކުރި ހޯދީ 22-12 އިންނެވެ. ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމުން ގްރޫޕް ސްޓޭޖާ ހަމައިން ރާއްޖެއަށް ގޭމްސް ނިމުނީއެވެ.

ތްރީ އޮން ތްރީ ބާސްކެޓު ޓީމުގައި ހިމެނެނީ ރިޝްވާން މުޙައްމަދު، ޢަބްދުﷲ އަމްޒަރު މުޙައްމަދު، އިސްމާއިލް ވިލްދާން އަދި އަޙުމަދު އަލީ މުސްތަފާއެވެ. ބާސްކެޓު ޓީމުގެ ކޯޗަކީ ނަޒީފް އަޙުމަދު (ނަޒީ)އެވެ.

- ކޮމެންޓް